English Edition
Dhivehi Edition
އިންޑިއާގައި ފިރިހެން ދަރިވަރަކާ ބެހިގެން ފިރިހެން ޓީޗަރަކު ހައްޔަރުކޮށްފިއެވެ.
އިންޑިއާގެ ދިއްލީގެ ސަރުކާރު ސްކޫލެއްގައި ވަޒީފާއަދާކުރާ ފިރިހެން ޓީޗަރު އޭނާ ކިޔަވައިދޭ ފިރިހެން ދަރިވަރަކަށް ޖިންސީގޮތުން ބެހުމުން ހައްޔަރުކޮށްފައި ވާކަމަށް އިންޑިއާގެ ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ
މިހާދިސާގައި ހައްޔަރު ކޮށްފައިވަނީ 52 އަހަރުގެ ސަންސްކިރިޓް ޓީޗަރެކެވެ. މީނާ ހައްޔަރުކޮށްފައިވަނީ ބެހުނު ފިރިހެން ކުއްޖާގެ ރައްޓެހި ކުއްޖަކަށް މި ޓީޗަރު އޭނާގެ އެކުވެރިޔާއާއި ބެހޭތަން ފެނިގެން ވީޑިއޯކޮށްފައި އޭނާގެ އާއިލާޔަށް ދެއްކުމުން ފުލުހުންނެވެ.
ފުލުހުން ބުނީ މިއީ 3 ސިކުންތުގެ ވީޑިއޯއެއް ކަމަށެވެ. މިހާދިސާ ހިނގާފައިވަނީ ޓީޗަރުގެ ގޭގައެވެ. މި ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފައެވެ. މި ވީޑިއޯ ފިރިހެން ކުއްޖާގެ އާއިލާއަށް ފެނުމުން ވަގުތުން ފުލުހުންނަށް މި މައްސަލަ ހުށަހެޅުމުން މިހާރު ފުލުހުންހުންވަނީ މިމައްސަލަ ތަހުގީގު ކުރަން ފަށާފައެވެ. މި ޓީޗަރު މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ވާއިރު އަނިޔާ ލިބުނު ފިރިހެންކުއްޖާއަށް ކައުންސިލިން ދެމުންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ވީޑިއޯކުރި ކުއްޖާ ބުނީ އެކުދީން ދިޔައީ ގްރޫޕް ސްޓަޑީ ހަދަން ޓީޗަރުގެ ގެއަށް ކަމަށެވެ. އަދި ޓީޗަރު ދެކުދީން ފިހާރަޔަކަށް އެއްޗެއް ގަންނަން ފޮނުވިކަމަށާއި ފިހާރައިން އައިއިރު ޓީޗަރު ހުރީ އެކުވެރިޔާށް ޖިންސީ އަނިޔާ ކުރަންކަމަށާއި އެމަންޒަރުން ފެނުމުން ވަގުތުން ވީޑިއީ ކުރީކަމަށް ވީޑިއޯ ކުރި ކުއްޖާ ފުލުހުންނަށް ކިޔައިދީފައި ވެއެވެ.