އިންޑިއާގެ ހައިދަރު އާބާދުގައި އުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާގެ މައްސަލަތައް އިންތިހާއަށް މައްޗަށް ޖެހިއްޖެއެވެ.
ދާދިފަހުން ހައިދަރުއާބާދު “ހެލްޕް އޭޖް އިންޑިއާ” ގެ އިސްވެރިޔާ މުހައްމަދު ރަޒާ ބުނެފައިވަނީ މަހެއްގެ މައްޗަށް 230 އާއި 300 އާއި ދެމެދުގެ މައްސަލަތައް ހުށަހެޅޭ ކަމަށެވެ. އަދި އޭގެ ތެރެއިން %10 މައްސަލައަކީ ދުވަސްވީ މީހުން ގެއިންނެރެ އަޅާނުލާ ދޫކޮށްލުމުން އަންނަ މައްސަލަތަކެވެ.
ރަޒާ ބުނެފައިވަނީ ހައިދަރުއާބާދުން މިދިޔަމަހުވެސް 65 އަހަރުގެ ދުވަސްވީމީހަކު ރޭލްވޭސްޓޭޝަނަކަށް ގެންގޮސް އޭނަގެ ދެދަރިން އޭނަ މަގުމައްޗަށް ދޫކޮށްލު މަށްފަހު ފިލާފައި ވާކަމަށެވެ. އަދި އެވަގުތު “ގްރޭޓާ ހައިދަރުއާބާދް މުނިސިޕަލްޓީ ކޯޕަރޭޝަން”ގެ މަސައްކަތު މީހަކަށް އެމީހާފެނިގެން ހެލްޕްއޭޖް އިންޑިއާ އާއި ހަވާލުކޮށްފައި ވާކަމަށެވެ. ރަޒާ ބުނެފައިވަނީ އެމީހާގެ އުފަންދަރިންނަށް ގުޅާހަވާލު ވާން ތަކުރާރު ކޮށް އެންގުމުންވެސް ހަވާލުވާން އިންކާރު ކޮށްފައި ވާކަމަށެވެ.
އަޅާނުލާ ދޫކޮށްފައި ތިބޭ އެހެން މީހުން ބަލަމުން އަންނަ އެހެން އެންޖޯއޯ އަކުން ބުނެފައި ވާގޮތުގައި މީގެ ދެމަސްކުރިން ގާންދީ ހޮސްޕިޓަލަށް އުމުރުން 75 އަހަރުގެ ފިރިހެނަކު ދޫކޮށް އޭނަގެ ދަރިން ފިލާފައި ވާކަމަށެވެ. ފައިބިނދިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވާއެމީއާއަށް އެންޖީއޯއިން އެހީވަމުން ދަނިކޮށް އޭގެ ދުވަސްކޮޅަކުން އެމީހާ ދުނިޔެ ދޫކޮށްފައި ވާއިރު އޭނަގެ ޖަނާޒާ އަށް އަންނަން ދަރިންނަށްއެންގުމުން ދެދުވަސް ވެގެން ދިޔައިރު ވެސް އާއިލާގެ އެއްވެސް އެއްވެސް މީހަކު ނައިސްގެން އެންޖީއޯ އިން އޭނާގެ ޖަނާޒާ ކަންތައް ވަނީ ނިންމާފައެވެ.
އިންޑިޔާގެ ދުވަސްވީމީހުންނަށް އެހީވާ އެންޖީއޯ ތަކުން ބުނެފައި ވާގޮޮތުގައި މައިންބަފައިން މުސްކުޅިވުމުން އަޅާނުލާ ދޫކޮށްލުމަށްފަހު އެންޖިއޯ ތަކުން ބަލަން ހަވާލުވާ ހިސާބުން ފެށިގެން އާއިލާގެ އެއްވެސް މީހަކު ގޮވާލަން ނައަންނަ އިރު މަރުވުމުން ޖަނާޒާގެ ކަންތަކުގައި ބައިވެރިވާން ނާންނާތީ އެކަމާ ކަންބޮޑުވެ ދެރަވާކަމަށެވެ. މީގެ އިތުރުން އެންޖީއޯ ތަކުން ބުނެފައިވަނީ ބައެއްފަހަރު ރިޕޯޓްކޮށްގެން ގޮސް ދުވަސްވީމީހުންނާ ހަވާލުވާއިރު ދަރިން ވަރަށް ބޮޑަށް އަނިޔާކޮށް އިހާނެތިކޮށް ހިތާފައި ތިބޭ މައިންނާއި ބަފައިން ފެންނަ ކަމަށެވެ.
އިންޑިއާއަކީ ދުނިޔޭގެ އާބާދީ ބޮޑު އެއްގައުމެވެ. އަދި އެގައުމު ފާހަގަވެފައި ވަނީ ތަފާތު ބޮޑެތި ކުށްތައް ކުރަމުން އަންނަ ގައުމެއްގެ ގޮތުގައެވެ. އާންމު ގޮތެއްގައި އިންޑިއާ އިން ކުރަމުން ގެންދާ ބޮޑެތި ކުށްތަކުގެ ތެރޭގައި ރޭޕް، މާރާމާރީ، ދުވަސްވީމީހުންނަށް ކުރާ އަނިޔާ، އަންހެނުންނަށް ކުރާ އަނިޔާ އަދި މީހުންމެރުމުގެ މައްސަލަތައް ހިމެނެއެވެ.