English Edition
Dhivehi Edition

އިންޑިއާގައި އަނެއްކާވެސް އުމުރުން ހަތްއަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލާފައި އޮއްވާ ފެނިއްޖެއެވެ.

އަރުނަޗަލް ޕްރަދޭށްގެ އަވަށެއްކަމަށްވާ އައްސަމް އަށް އުފަން މިކުއްޖާ ގެއްލިގެން އާއިލާމީހުން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިދިޔަ ހޮނިހިރުދުވަހު އެވެ.

އައްސަމްގެ ފުލުހުން ބުނެފައިވަނީ މިކުއްޖާ ސްކޫލުން ގެއަށް ނައިސްގެން އާއިލާމީހުން ރިޕޯޓްކޮށްގެން ފުލުހުން ހޯދަމުން ދަނިކޮށް ރޭޕް ކޮށް މަރާލާފައި އޮތްވާ ފެނިފައިވަނީ އަރުންޗަލް ސަރަހައްދުގެ ބޯޑަރެއް ކައިރިންނެވެ. ފުލުހުން ބުނެފައިވަނީ މިކުއްޖާގެ ހަށިގަނޑު ފެނިގެން ނަގައިގެން މިހާރު ޕޯސްޓްމޯޓަމް ހަދަން ފޮނުވާފައި ވާކަމަށާއި އަދި މިހާދިސާ އާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށެވެ.

އައްސަމް ފުލުހުން ބުނެފައިވަނީ މިހާދިސާގައި އެއްވެސްމީހަކު ހައްޔަރު ކޮށްފައި ނުވިނަމަވެސް މިމައްސަލައިގެ ތަހުގީގު ވަރަށް ރަގަޅަށް ކޮށް މަރަލާފައި ވާކުއްޖާގެ ގާތިލް ހޯދާ އޭނާއަށް ހައްގު އަދަބު ދޭނެކަމަށެވެ.

އިންޑިއާ ފާހަގަވެފައިވަނީ މުޅިދުނިޔޭގައިވެސް އެންމެ އަންހެނުންނަށް ނުރައްކާ ގައުމުގެ ގޮތުގައެވެ. ދާދި ފަހުން ހަދާފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ދުވަހަކު 5 އަންހެނުން އިންޑިއާގައި ރޭޕްކުރާކަމަށެެވެ.