English Edition
Dhivehi Edition
ފޮޓޯ/ ރައީސް އޮފީސް

އިދިކޮޅު ކޯލިޝަނަކީ، މިހާރު ވެސް ޚިޔާލު ތަފާތުވުން ބޮޑު އެއް ބަޔަކު އަނެއް ބަޔަކަށް އިތުބާރު ނެތް އަދި ހިތުގައި ހަސަދަވެރިކަން އޮތް ބައެއް ކަމަށް ވިދާޅުވެ، މި ހާލަތުގައި ތިބެ ރައްޔިތުންނަށް ވެރިކަމެއް ހިންގާނީ ކިހިނެއްތޯ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ސުވާލުކުރައްވައިފިއެވެ

ދިޔަމިގިލީގައި ނަރުދަމާގެ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި ރައީސް ވިދާޅުވީ ތަފާތު ފިކުރުތަކުގެ، އަމިއްލަ މަސްލަހަތަށް އުޅޭ ބަޔަކު ވެރިކަން ލިބިއްޖެ ނަމަ ތަރައްގީގެ މަޝްރޫއުތަކެއް ނުހިންގޭނެ ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ވެރިކަން ލިބުމުގެ ކުރިން، މިވެނި ބަޔަކަށް ކޭކުގެ މިވެނި ޕަސެންޓޭޖެއް ކަމަށް ބުނެ ރައްޔިތުން ހިތްހަމަޖައްސާލަން ވާހަކަ ދެއްކި ނަމަވެސް މާޒީގައި ކަން ހިނގާފައި އޮތް ވެސް ރައްޔިތުންނަށް އެނގޭކަމަށެވެ

އިދިކޮޅު ޕާޓީތަކުގެ ވެރިކަމެއް ގާއިމްކުރުމަކީ “ކޭކު ފޮއްޗެއް ފެޅުން” ކަމަށް ސިފަ ކުރައްވައި ރައީސް ވިދާޅުވީ ކޭކު ފޮތި ލިބެންދެން ކޭކު ފޮއްޗެއް ލިބިއްޖެއްޔާ ބައި އަޅާނެ ގޮތެއް ކިޔައި ދެވިދާނެކަމަށެވެ.