English Edition
Dhivehi Edition

ސައުތު އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ކަމާލް ހަސަން ފިލްމީ ދާއިރާ ދޫކޮށްލަން ނިންމި ނިންމުމާއި ދޭތެރޭ އޭނާގެ ދަރިން ހިތްހަމަނުޖެހޭ ކަމަށް ކަމާލް ބުނެފިއެވެ

އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ކަމާލް ބުނެފައިވަނީ ފިލްމީ ދާއިރާ ދޫކޮށްލުމަށްފަހު ސިޔާސީ ދާއިރާއަށް ވަންނަން ނިންމުމުން ، އެކަމާ ދަރިފުޅު ޝުރްތީ އާއި އަކްޝަރާ ހިތްހަމަނުޖެހިފައިވާ ކަމަށެވެ. “އެމީހުން ވަރަށް ބޮޑަށް ކަންބޮޑުވި އަހަރެންގެ ނިންމުން އަޑު އިވުމުން. ހާއްސަކޮށް ޝުރްތީ ބޭނުމެއް ނުވޭ އަހަރެން ސިޔާސީ ދާއިރާ އާއި ގުޅި ފިލްމު ކުޅުން ހުއްޓާލާކަށް” ސިޔާސީ ދާއިރާ އާއި ގުޅެން ނިންމުމުން އާއިލާ އިން ކަންބޮޑުވާކަން ހާމަކުރަމުން ކަމާލް ބުނެފައިވެއެވެ.

މީގެ އިތުރުން ކަމާލް ބުނީ އޭނާ އަކީ ފިލްމީ ތަރިއަކަށްވުމުން އެކަމާ މުޅި އާއިލާވެސް ފަހުރުވެރިވާކަމަށެވެ. އެހެންނަމަވެސް ފިލްމީ ދާއިރާ އަށްވުރެ މި ވަގުތު ސިޔާސީ ދާއިރާ އަށް ނިކުތުން އޭނާއަށް މުހިއްމުކަމަށް ކަމާލް ބުންޏެވެ. މިހާރު ކަމާލް ދަނީ އޭނާ ކުޅެން ނިންމާފައިވާ ފިލްމުތައް އަވަހަށް ނިންމާލުމުގެ މަސައްކަތް ކުރަމުންނެވެ