English Edition
Dhivehi Edition

މި މަހުގެ 19 ވަނަ ދުވަހަކީ ސަރުކާރުގެ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވިޓްވީޓެއްގައި ވިދާޅުވީ، ކަލަންޑަރުގައި ވާގޮތަށް ހައްޖުމަހުގެ ފުރަތަމަދުވަސް 12 އޮގަސްޓަށް ވެއްޖެނަމަ 19 އޮގަސްޓް ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީން ވަނީ ނިންމަވާފައި ކަމަށެވެ.

މުއާޒް ވިދާޅުވީ މިގޮތަށް ހަމަޖެއްސެވީ މެދުކެނޑުމެއްނެތި މުވައްޒަފުންނަށް ޢީދު ބަންދު ދުވަސްތައް ލިބިދިނުމަށްޓަކައެވެ.

މިފަހަރު އީދުބަންދަށް މެދުކެނޑުމެއްނެތި ނުވަދުވަސް ލިބުމަށް ފަހު ދެން ސަރުކާރު ހުޅުވޭނީ އޮގަސްޓް 26 ވާ އާދީއްތަ ދުވަހުއެވެ.