English Edition
Dhivehi Edition
މިނިވަންދުވާ ގުޅިގެން ޝަމްސުއްދީން ސްކޫލްގެ ދަރިވަރުން މީދޫގައި ބޭއްވި ޕެރޭޑް ހަރަކާތް-- ފޮޓޯ: ލުބްނާ /އޭއޯ ނިއުސް

ލިޔުނީ: މުހުއްމަދު ހިޒްޔަމް ހާމިދު

މިނިވަން 53 ފާހަގަކުރުމަށް ޓަކައި ޝަމްސުއްދީން ސްކޫލް ކެޑޭޓް ކޯ އިން ޕެރޭޑެއް ބާއްވައިފިއެވެ.

ސ.އަތޮޅު ސްކޫލް ކުރިމަތިން ފެށި މި ޕެރޭޑް ނިންމާލައިފައި ވަނީ ޝަމްސުއްދީން ސްކޫލް ކުރިމައްޗަށެވެ.

ޝަމްސުއްދީން ސްކޫލްގެ ދަރިވަރުން މީދޫގައި ބޭއްވި ޕެރޭޑް ހަރަކާތް

މިނިވަން ދުވަހުގެ ޙަރަކާތެއް ގޮތުގައި ކުރިއަށް ގެންދިޔަ މި ޕެރޭޑް ބަލަން މަގުމައްޗަށް އެތައް ސަތޭކަ ބަޔަކު ޖަމައުވެފައި ތިބިއިރު ބޭންޑް ކުދިންވަނީ އެކުދިންގެ ހުނަރުތައްވެސް ވަރަށް ފުރިހަމައަށް ދައްކާފައެވެ. މި ޕެރޭޑް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވުނީތީ ޝަމްސުއްދީން ސްކޫލުން ވަނީ ސަދަރން ރީޖަން ކެޑޭޓް ކެޕްޓަން ހާފިޒް ސަރ އަށާއި އެމް.އެން.ސީ.ސީ އިންސްޓްރަކްޓަރސް އަލީ ޝާއިޤް، އަމަން އަދި ސަބާހަތަށް ޝުކުރު ދަންނަވާފައެވެ.

” މިއީ ސްކޫލް ދަރިވަރުންނަށް ހުނަރު ދައްކައިލަން ލިބުނު ބޮޑު ފުރުޞަތެއް. މިކަމުގައި އެހީތެރިވި ހުރިހައި ބޭފުޅުންނަށް ޝުކުރު ދަންނަވަން ” ސްކޫލުން ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ވެއެވެ.

މިއަންނަ އަޟްޙާ ޢީދު ދުވަހަށްވެސް ޕެރޭޑެއް ބާޢްވަން ތައްޔާރުވަމުންދާ ކަމުގެ މަޢުލޫމާތު ސްކޫލުގެ ފަރާތުން ލިބެއެވެ.