English Edition
Dhivehi Edition

އުމުރުން 29 އަހަރުގެ އަންހެންޓީޗަރަކު އޭނަގެ ފިރިހެން ދަރިވަރަކު ގޮވައިގެން ފިލައިފިއެވެ.

މިހާދިސާހިނގާފައި ވަނީ އިންޑިއާގެ އަވަށެއްކަމަށްވާ ފަތެހަބާދް ޓައުންގައި މިދިޔަ ހުކުރުދުވަހުއެވެ.

އިންޑިޔާގެ ނޫސްތަކުގައި ފުލުހުން ބުނެފައިވާގޮތުގައި އަންހެން ޓީޗަރާއި ފަނަރަ އަހަރުގެ ފިރިހެން ދަރިވަރު ފިލާފައި ވަނީ މިދިޔަ ހުކުރުދުވަހުއެވެ. އަދި މިކަންތައް އެންމެ ފުރަތަމަ އެނގުނީ ސްކޫލްގެ ޕްރިންސިޕަލަށް ކަމަށާއި އެވަގުތު ޕްރިންސިޕަލް ދަރިވަރުގެ ބެލެނިވެރިންނަށް ގުޅާއެންގިކަމަށެވެ.

ފުލުހުން ބުނެފައިވަނީ ދަރިވަރުގެ ބައްޕަ ފުލުހުންނަށް ގުޅާ މިމައްސަލަ ފައިލް ކުރީ ޓީޗަރު މީހާ އޭނަގެ ކުޑަފިރިހެން ކުއްޖާ ވަގަށް ނަގާ މަރާލަން އުޅޭކަމަށް ތުހުމަތުކޮށްފައެވެ. ޓީޗަރު އެކުއްޖާ ގޮވައިގެން އެންމެ ފުރަތަމަ ދިޔައީ އިސާރުން ދިއްލީ އަށްކަމަށެވެ. އެއަށްފަހު ކަޓްރާގެ ޖައްމު އަދި ކަޝްމީރަށް ގެންގޮސް އެތާގައި ހުއްޓާ ކަޓްރާއިން މި ދެމީހުން އަތުލައިގަނެވުނު ކަމަށެވެ.

މިހާދިސާއާބެހޭ ގޮތުން ފިރިހެން ކުއްޖާހެ ބައްޕަ އިންޑިޔާގެ ނޫސްތަކުގައި ބުނެފައިވަނީ، އަބަދުވެސް އެޓީޗަރާއި ދަރިފުޅާ ދެމީހުންގެ ވަރަށްގާތް ގުޅުމެއް ވާކަމަށް ޝައްކު ކުރެވޭކަމަށެވެ. އެ ދެމީހުން ފޯނުން ގުޅާވާހަކަ ދައްކާ ކަމަށާ ސޯޝަލް މީޑިއާގައިވެސް ދެމީހުން ވަރަށް ގާތްކޮށް ވާހަކަ ދައްކާ ފައި ވާކަމަށެވެ. އަދި ފިލި ދުވަހު ވަރަށްގިނައިން ދަރިފުޅު ފޯނުން އޭނައާއި ވާހަކަ ދެއްކިކަމަށް ޝައްކުކުރެވުނުކަމަށެވެ.

މިމައްސަލަ ތަހުގީގުކުރަމުން ދާފުލުހުން ބުނީ މިހާތަނަށް ކުރެވުނު ތަހުގީގަށް ބަލާއިރު ޓިޗަރު އެކުޑަކުއްޖާ އަށް ބިރުދައްކައިގެން ގެންގޮސް ފިލީކަމަކަށް ނުބެލެއެވެ. އަދި މި ދެމީހުންގެ މެޑިކަލް އެގްޒަމިނޭޝަނަށްފަހު ތަހުގީގަށް އިތުރުކުރި އެރުމެއް ލިބިގެންދާނެކަމަށް އުންމީދުކުރާކަމަށް ފުލުހުން ބުންޏެވެ.

ފަތެހެބާދް ޕޮލިސް އިން މިހާދިސާ އިރުތަށް ތަހުގީގު ކުރަމުން ދާއިރު ޓީޗަރުއަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ