English Edition
Dhivehi Edition

މަޖިލީހުގެ ބައެއް މެންބަރުން ސިފައިންގެ ވާޖިބަށް ހުރަސް އަޅައި މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލަ އެއް ފުލުހުން ތަހްގީގް ކުރަން ފަށިއިފި އެވެ. ފުލުހުން ތަހްގީގް ކުރަމުން އަންނަނީ މިދިޔަ ހޯމަ ދުވަހު މަޖިލީހުގައި އިދިކޮޅު ޕާޓީތަކަށް ނަސްބަތްވާ ބައެއް މެންބަރުން އެ ދުވަހު މަޖިލީހުގެ ސަލާމަތީ ބާރުތަކާ މެދު ހިންގިި ކަންކަމެވެ. މި މައްސަލާގައި ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދާއި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްއެވެ. އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުލްކަރީމާއި ނޮޅިވަރަމް ދާއިރާގެ މެންބަރު ޙުސައިން ޢަރީފާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން މިއަދުގެ ވަގުތެއްގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ. މީގެކުރިން ފުލުހުންގެ ސަފުތައް ފޫއަޅުވާލުމުގެ ތުހުމަތުގައި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞާލިޙާއި ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒާއި ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް ވަނީ ފުލުހުންގެ އިދާރާއަށް ޙާޟިރުކޮށް ބަޔާންނަގާފައެވެ. މި މެމްބަރުންނަކީ މަޖިލީހުގެ ޖަލްސާއެއް އެޖެންޑާ ކުރައްވާފައި ނުވަނީސް މަޖިލީހުގެ ޖަލްސާ އޮންނާނެ ކަމަށް ބުނެ މިދިޔަ މަހުގެ 24ވަނަ ދުވަހު ގަދަ ކަމުން ފުލުހުންގެ ސަފުތައް ފޫ އަޅުވާ ރައްޔިތުންގެ މަޖިލިސް ތެރެއަށް ވަން މެމްބަރުންނެވެ. މަޖިލީހަށް ވަތް މީހުންގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން އާންމު މީހުންވެސް ހިމެނެއެވެ. އިދިކޮޅު މެންބަރުން އެ ދެވަހުގެ މަޖިލިސް ފެށުމުގެ ކުރިން ވަނީ ރިޔާސަތުގައި އިންނަވާ ގޮނޑިކޮޅު ޗެމްބަރުން ބޭރަށް ނެރެ ރިޔާސަތު ހިސޯރުކޮށްފަ އެވެ. ސަބަބެއްގެ ގޮތުގައި އެ މެންބަރުން ބުނަމުން އައީ އެ ފަރާތްތަކުން 45 މެންބަރުންގެ ސޮޔާއާ އެކު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ނުކުރުމެވެ. މަސީހުގެ ބަދަލުގައި އެ ދުވަހުގެ ޖަލްސާ ކުރިއަށް ގެންދަން ޖެހޭނީ ނައިބް ރައީސް ރީކޯ މޫސާ މަނިކު ކަމަށް ވެސް އިދިކޮޅު މެންބަރުން އައީ ބުނަމުންނެވެ. އެނޫން ގޮތަކަށް މަޖިލިސް ކުރިއަކަށް ނުގެންދެވޭނެ ކަމަށް އިދިކޮޅު މެންބަރުން އައީ ބުނަމުންނެވެ. ނަމަވެސް މަޖިލީހާއި މަޖިލިސްގެ ދަށުން ހިމެނޭ ހުރިހާ ތަނެއްގެ ސަލާމަތީ ކަންކަން ބެލެހެއްޓިމުގެ ގާނޫނީ ޒިންމާ ހަވާލުވެފައިވާ އެމްއެންޑީއެފްގެ އޮފިސަރުން އައީ އިނދިކޮޅު މެންބަރުން ގަދަކަމުން ރިޔާސަތުން ދުރުކޮށް މަސީހު ރިޔާސަތައް ގެނެސްފަ އެވެ. އެ ކަމުގައި ކޮންމެސް ވަރަކަށް މެންބަރުންނާއި ސިފައިންނާ މެދު ވަނީ ކުރިމަތިލުންތަކެއް ހިނގައިފަ އެވެ.    

ޓެގު