English Edition
Dhivehi Edition

މިނިވަން ކަޕް 2018 އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗު ޑީކޭ އިން ކާމިޔާބުކޮށްފިއެވެ

ހުޅުދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗު ޑީކޭ އިން ކާމިޔާބުކުރީ އެއިލެންޑް އެފްސީ އާއި ބައްދަލުކޮށް 4 ލަނޑު 2 ލަނޑުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޑީކޭ އަށް ކާމިޔާބު ކޮށްދިނީ މެޗުގެ ހަތާވީސްވަނަ މިނިޓްގައި އިއްމޭއެވެ. ޑިކޭގެ ފުރަތަމަ ލަނޑާއެކު މެޗުގެ ނަވީވީސް ވަނަ މިނިޓްގައި އެއިލެންޑް އެފްސީއިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ވަނީ ހަމަހަމަކޮށްފައެވެ

ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ތިރީސްވަނަ މިނިޓް އެއިލެންޑް އެފްސީގެ އޮސްކާ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދިން އިރު މެޗުގެ ތިރީސް ދެވަނަ މިނިޓްގައި ޑީކޭގެ ސިނާވަނީ ލަނޑެއް ޖަހާ ފައެވެ. ދެ ޓީމުންވެސް މެޗުގެ ނަތީޖާ ބަދަލުކޮށް ލީޑް ނެގުމަށް ގިނަ މަސައްކަތެއް ކޮށްފައެވެ. ޑީކޭ އިން މި މެޗު ކާމިޔާބުކުރީ މެޗުގެ އެންމެ ފަހު ދެ މިނިޓްގެ ތެރޭގައި ޑީކޭގެ ސިނާ އާއި އިއްމޭ ކޮންމެ ކުޅުންތެރިއަކަށް ޖަހާދިން އެއް ލަނޑުންނެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީކޭ ސްޕޯޓްސް ކްލަބްގެ ސިނާ އެވެ.

ޓެގު