English Edition
Dhivehi Edition

1905 ވަނަ އަހަރު ގެއްލިފައިވާ ޑިމިޓްރީ ޑޮންސްކޮއި ނަމަކަށް ކިޔާ ރަނުން ބަރުކޮށްފައިވާ ރަޝިޔާގެ ބޯޓެއް ކަނޑު އަޑިން ފެނިއްޖެއެވެ

ގަރުނަކާއި 13 އަހަރު ކުރިން ގެއްލިފައިވާ މި ބޯޓު ފެނިފައިވަނީ ދެކުނު ކޮރެއާގެ ރަށެއްކަމަށްވާ އުލެއުންގްޑޯ ގެ އައްސޭރިއާ 1.6 ކިލޯ މީޓަރު ދުރުން 420 މީޓަރު އަޑިން ޑައިވަރުންތަކަކަށެވެ.ކަނޑު އަޑިން ފެނިފައިވާ މި ބޯޓުގައި ފޮށިތަކުގައި 200،000 ކިލޯއަށް ވުރެ ގިނަ ރަން ހުރިކަމަށް ރިޕޯޓްކޮށްފައިވާއިރު ރަން ބުލިއަން އާއި ކޮއިންސް ހިމެނޭ 5500 ރަންފޮށި މި ބޯޓުގައިވެއެވެ.

ބޯޓު ހޯދި ދެކުނު ކޮރެއާއާއި، އިނގިރޭސި އަދި ކެނެޑާގެ ޓީމުންވަނީ ސަބްމެރިންގެ އެހީގައި ބޯޓުގެ އެކިއެކި ތަންތަނުގެ ފޮޓޯ ނަގާފައެވެ.

މި ބޯޓުން ފެނުނު ރަނުގެ ދެބައިކުޅައެއްބައި ރަޝިޔާ ސަރުކާރާހަވާލުކުރާނެކަމަށް ލަފާކުރެވޭއިރު ދެން ހުރި ބައި ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާއާ ދެމެދު ރޭލު ދަގަނޑު ނެޓުވޯކެއް އެޅުމަށް ބޭނުން ކުރާނެއެވެ. އަދި އެއިން 10 އިންސައްތަ ބޯޓު ފެނުނު ސަރަހައްދުގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ބޭނުން ކުރެވޭނެއެވެ.