މްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އަދި ވިލާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ގާސިމް ޝަރުތުތަކާ އެކު މިނިވަން ކުރަން ކްރިމިނަލް ކޯޓުން ދާދި ދެންމެއަކު އަމުރުކޮށްފި އެވެ.
ސިޔާދު ގާސިމް ހައްޔަރު ކޮއްފައި ވަނީ ރިޝްވަތުގެ މައްސަލައެއްގައިއެވެ.ނަމަވެސް މިކަމަށް ސިޔާދު އިންކާރު ކުރެއެވެ.
ކްރިމިނަލް ކޯޓުން ސިޔާދު ދޫކޮށްލުމަށް ކުރި ޝަރުތުތަކަކީ މާލެ ސަރަހައްދުން ދާނަމަ ކޯޓަށް އެންގުމާއި، ފޯނު ނަމްބަރު ބަދަލުވާނަމަ ކޯޓަށް އެންގުމުގެ އިތުރުން ކޯޓުން ފޮނުވާ ޗިޓުތަކާއި ހަވާލުވުމެވެ.
ފެބްރުއަރީ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ފެބްރުއަރީ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހިންގި އޮޕަރޭޝަންގެ ތެރެއިން ސިޔާދު ހައްޔަރުކޮށްފައިވަނީ ފެބުރުއަރީ މަހުގެ ހަ ވަނަ ދުވަހު އޮފީހުގައި ހުންނަވަނިކޮށެވެ.