English Edition
Dhivehi Edition
ފޮޓޯ:ވީ ނިއުސް

ރާއްޖެއަށް ތަރައްގީ ހޯދައި ދިނުމުގައި އެންމެ ކުރީއްސުރެ ބުރަ މަސައްކަތްތަކެއްކޮށްފައިވާ ބަޔަކީ އައްޑޫ ރައްޔިތުންކަމަށާއި އައްޑޫ ރައްޔިތުންނާ ނުލާ އެއްވެސް ކަމެއް ކާމިޔާބު ކުރެވެން ނެތްކަމަށް ގުޅިފައިވާ ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ

މިއަދު އައްޑޫއަށް ވަޑައިގެން މީޑިއާތަކަށް މައުލޫމާތު ދެމުން ފައިސަލް ވިދާޅުވީ ރާއްޖޭގެ ތަރައްގީ ފެށިގެން އައީ އައްޑޫން ކަމަށާއި ރާއްޖެ ތަރައްގީ ވެސް ކުރެވެނީ އެ ސިޓީން ކަމަށާއި އެހެންކަމުން ޚާއްސަ ސަމާލު ކަމެއް ދީގެން އައްޑޫ ރައްޔިތުން އާ ރޫހެއްގައި މި ފަހަރު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ

ރާއްޖޭގެ ތަރައްގީ ފެށިގެން އައީ އައްޑޫ ސިޓީންކަން ހާމަކުރައްވަމުން ފައިސަލް ވިދާޅުވީ އައްޑޫ ސިޓީގެ ގަމަކީ އެންމެ ފުރަތަމަ އެއާޕޯޓް ވެސް ބިނާ ކުރި ރަށް ކަމަށާއި ގަމަކީ ސިއްހީ ދާއިރާ އިން ވެސް ފާހަގަކޮށްލެވުނު ރަށެއް ކަމަށެވެ.މީގެ އިތުރުން ފައިސަލް ވިދާޅުވީ ކޯލިޝަނާއި އައްޑޫން ބައިވެރިވި ޓީމަކީ އިސްލާހަށް މަސައްކަތް ކުރާ ރާއްޖޭގެ ތަރައްގީ އަށް މަސައްކަތް ކުރާ ޓީމެއް ކަމަށެވެ. އަދި މި ޓީމުގެ ފަރާތުން މުޅި ދިވެހި ގައުމުގެ ރައްޔިތުން ފަހުރުވެރިވާ ފަދަ ކާމިޔާބީއެއް ލިބިގެން ދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.