އިދިކޮޅު ކޯލިޝަން އޮތީ ބައިބައިވެފައި ކަމަށާއި އެމަނިކުފާނުގެ އަޚުންގެ ތެރެއިން އިދިކޮޅު ފިކުރުގައި ތިއްބެވި ބޭފުޅުންނަކީ އިދިކޮޅު ބޭފުޅުންކަމަށް ދެކެވަޑައިނުގަންނަވާކަމަށް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ
ރޭ ޗެނަލް 13 ގެ ނިއުސްޓޯކް ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ އެ މަނިކުފާނަކީ އެއްވެސް ކުލައަކަށް ނަފްރަތުކުރައްވާ ބޭފުޅެއް ނޫންކަމަށާއި ސިޔާސީ ގޮތުން ޚިޔާލު ތަފާތުވިނަމަވެސް އަޚުވަންތަކަށް ނުގެއްލޭނެކަމަށެވެ.މީގެ އިތުރުން ޝަހީމް ވިދާޅުވީ ބޭނުންވެ ވަޑައިގަންނަވަނީ ކެމްޕެއިންގެ ކަންކަން އެކުވެރި މާހައުލެއްގައި އަމާންކަމާއެކު ނިންމަވާލައްވަންކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް ވިދާޅުވީ އިބޫއަކީ ވަރަށް އިޚުތިރާމް ކުރައްވާ ބޭފުޅެއް ނަމަވެސް ދޮޅު އަހަރު ތެރޭގައި އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވުމާ، އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ޤަބޫލު ނުކުރެވޭ ކަންކަމުގެ ސަބަބުން ހިޔާލު ތަފާތުވެފައިވާ ކަމަށެވެ