English Edition
Dhivehi Edition

ޗެލްސީގެ ސާބިއާ މިޑްފީލްޑަރު ނެމަންޖާ މަޓިކް، ވާދަވެރި މެންޗެސްޓާ ޔުނައިޓެޑްއަށް ސޮއިކޮށްފިއެވެ. ޔުނައިޓެޑުގެ މިހާރުގެ ކޯޗު އަދި ޗެލްސީގައި މަޓިކަށް ކޯޗުކޮށްދިން ހޯސޭ މޮރީނިއޯގެ މެންޗެސްޓަ ޔުނައިޓެޑްއަށް މަޓިކް ބަދަލުވެފައިވަނީ 40 މިލިއަން ޕައުންޑައަށް ތިން އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކޮންޓްރެކްޓް ހަމަވުމުން އިތުރު އަހަރުތަކުގައި ކުލަބްގައި މަޑުކުރާގޮތަށެވެ. މަޓިކް އައުމުން ޔުނައިޓެޑުން މިދިޔަ ސީޒަންގައި ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔެއްގެ ގޮތުގައި އެ ކުލަބައަށްގެނައި މިޑްފީލްޑަރު ޕައުލް ޕޮގްބާއަށް އަސްލު ކުޅުން ދައްކަން ފަސޭހަވެ އިދިކޮޅު ޓީމުގެ ހަމަލާތައް ރޫޅާލުމުގެ މަސައްކަތާ މަޓިކް ހަވާލުވުމުން ޕޮގްބާ އަށް މެދުތެރެއިން ހުސް ރޯލެއް ލިބެ އެޓޭކުގައި ބައިވެރިވާން ފުރުސަތު ލިބިގެންދާނެ އެވެ. .ޔުނައިޓެޑް އާއި ގުޅުމަށް ފަހު މަޓިކް ބުނީ “ޗެލްސީގައި ކޯޗުކޮށްދިން ހޯސޭ މޮރީނިއޯ އާއި އެކު މަސައްކަތް ކުރަން އަބަދުވެސް ބޭނުން ވާކަމަށާއި ދެން ބޭނުން ވަނީ ޔުނައިޓެޑް އާއި އެކީ އަންނަ ސީޒަންގައި ރަނގަޅު ކާމިޔާބީއެއް ހޯދަންކަމަށް”ށެވެ. އުމުރުން 28 އަހަރުގެ މަޓިކް ވަނީ 2009 އިން 2011 އަށް ޗެލްސީ އަށް ކުޅެ 2011 ވަނަ އަހަރު ޗެލްސީ ދޫކޮށް ޕޯޗުގަލްގެ ބެންފީކާއަށް ބަދަލުވެފައެވެ. ޗެލްސީ އަށް އަލުން މަޓިކް ގުޅިފައިވަނީ 2014 ވަނަ އަހަރު މޮރީނިއޯ އެވެ. އޭގެ ފަހުން އޭނާ ވަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މަޓިކް ވަނީ މިދިޔަ އަހަރު ޗެލްސީ އާއި އެކު ޕްރިމިއަ ލީގު ކާމިޔާބުކޮށްފައެވެ. ޔުނައިޓެޑުން ވަނީ އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މަޓިކްގެ އިތުން އެވަޓަންގެ ލުކާކޫ އާއި ސްވިޑަން ޑިފެންޑަރު ވިކްޓަ ލިންޑެލޯފް ގެނެސްފަ އެވެ.