English Edition
Dhivehi Edition

އަމީން އާއްމު އައްޔަން ކުރުމަށް މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާ އެޖެންޑާކޮށްފިއެވެ. މި އަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާ މިއަދަށް އެޖެންޑާކޮށްފައިވާއިރު، މި ޖަލްސާއަކީ މަޖިލީހުގައި ހުސްވެފައިވާ އަމީން އާއްމު ކަމުގެ މަގާމައް މީހަކު އައްޔަން ކުރެއްވުމަށް ބާއްވާ ޖަލްސާއެވެ.

މއިަދުގެ 11 ޖަހާއިރު ފެށުމަށް ހަމަޖައްސާފައިވާ މި ޖަލްސާގައި އަމީން އާންމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ވަނީ އެޖެންޑާ ކޮށްފައެވެ. މަޖިލީހުގެ ހުސްވެފައިވާ އަމީން އާންމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި މިހާރު މަޖިލީހުގެ އަމީން އާންމުގެ ނައިބެއްގެ ގޮތުން މަސައްކަތް ކުރައްވާ ފާތިމަތު ނިއުޝާ އެވެ.

ނިއުޝާއަކީ މަޖިލީހުގެ ލީގަލް ކައުންސިލުގެ މަގާމު ހަތަރު އަހަރު އަދާކުރައްވާފައިވާ ފަރާތެކެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން މިއަދާ ޖެހެންދެން މަޖިލީހުގެ އަމީން އާންމު ކަމުގެ ނައިބުގެ މަގާމު ގެންދަވަނީ އަދާ ކުރައްވަމުންނެވެ.

މަޖިލީހުގެ އަމީން އާއްމު ކަމުގެ މަގާމުގައި މީގެކުރިން ހުންނެވި އަހްމަދު މުހައްމަދު މިދިޔަ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އެ މަގާމު ހުސްކޮށް އޮތުމުގެ ސަބަބުން މިހާރު އަމީން އާއްމުގެ މަސްއޫލިއްޔަތުތައް މިހާރު ފުރުއްވަމުން ދަނީ ވެސް ނިއުޝާއެވެ.

އަމީން އާއްމު ކަމުގެ މަގާމަށް ކުރިމަތި ލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. މި މަގާމުގައި ހުންނަވާ ބޭފުޅަކަށް މުސާރައާއި އިނާޔަތުގެ ގޮތުގައި 50000 ރުފިޔާ ލިބެއެވެ. މި މަގާމަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކޮށްފައިވުމާއި ރައްޔިތުންގެ މަޖިލީހަށް ގާނޫނީ ލަފަޔާއި މަޝްވަރާ ދެވޭ ފެންވަރުގެ މީހަކު ކަމުގައިވުމާއި އުމުރުން 25 އަހަރު ވެފައިވާ މީހަކަށް ވާންޖެހެއެވެ.

އަމީން އާއްމު އައްޔަން ކުރެއްވުމުގެ މައްސަލައިގެ އިތުރުން މާވަށު ދާއިރާގެ މެމްބަރު އަހްމަދު އަޒްހާން ފަހުމީ ހުށައަޅުއްވާފައިވާ ދިވެހި ރާޢްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނުނަށް އިސްލާހް ގެނައުމުގެ ބިލްގެ އިބްތިދާއީ ބަހުސް ވެސް ވަނީ މިއަދަށް އެޖެންޑާކޮށްފަައެވެ.