English Edition
Dhivehi Edition

ގދ. ފިޔޯރީގައި މޫދަށް އެރި އުޅުނު ޒުވާނަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ އައްޑޫ ސިޓީ ފޭދޫ ސްކައިންޓް އުމުރުން 32 އަހަރުގެ އިބްރާހިމް ސައީދު ކަމަށް މައުލޫމާތު ލިބެއެވެ. .

ފިޔޯރީ ކައުންސިލުން ބުނީ މަރުވެފައިވަނީ އައްޑޫ އަށް ނިސްބަތްވާ “ލިޓަސް” ނަމަކަށް ކިޔާ ދޯނީގައި މަސައްކަތްކުރާ މީހެއް ކަމަށާއި މި ވަގުތު އެދޯނި އޮތީ އެރަށުގެ ފަޅުތެރޭގައި ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އޭނާއަކީ އާންމުކޮށް ފިޓު ޖެހޭ މީހެކެވެ. އަދި އޭނާ ގެނބުނީވެސް ފިޓު ޖެހިގެން ކަމަށް ފިޔޯރީއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ފަޅުވެރިންގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި ސައީދު މޫދަށް ފޭބީ ފެންވަރަން ވެގެންނެވެ. އަދި މޫދަށް ފޭބިތާ ގިނައިރުތަކެއްވެ، ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް އޭނާ ފެނިފައިވަނީ ތިރީސް ވަރަކަށް ފޫޓު އަޑީގައި މަރުވެފައިވަނިކޮށެވެ.

އޭނާގެ ހަށިގަނޑު އައްޑޫ އަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ސީއެމްބިއުލޭންސްގެ ކަންތައް ހަމަޖެހުނުހާ އަވަހަކަށް ހަށިގަނޑު އައްޑޫ އަށް ގެންދިއުމަށް ފުރުވާލާނެ ކަމަށް ކައުންސިލުން ބުނެއެވެ