ދިވެހިރާއްޖޭގެ ފުރަތަމަ ރީތީގެ ރާނީ ހއ. ބާރަށު ރަމްލާ އަހުމަދު ނިޔާވެއްޖެއެވެ
ރަމްލާ ނިޔާވީ މިއަދު ހެނދުނު 10 ޖަހާކަށްހާއިރު އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. ރަމްލާގެ ބަލި ހާލު ބޮޑުކަމުން މާލޭގައި ދިރިއުޅުއްވަމުން ގެންދަވާތާ ދެ އަހަރުވެފައިވާއިރު، ނިޔާވި އިރު އުމުރުފުޅަކީ 80 އަހަރެވެ. ރަމްލާ ނިޔާވިއިރު ދުނިޔޭގައި ހަތް ކުދިންނާއި މާމަ ކުދިން އެބަ ތިއްބެވެ
ދިވެހިރާއްޖެ މިހާތަނަށް ބޭއްވި ހަމައެކަނި ރީތީގެ މުބާރަތް ރަމްލާ ކާމިޔާބުކުރީ އެ މުބާރާތުގައި ބައިވެރިވި 21 ކުދިންގެ މެދުގައި ކުރިއަށްދިޔަ ހާއްސަ ހަރަކާތެއްގައެވެ