English Edition
Dhivehi Edition

އައްޑޫ ސީޓީ ހުޅުމީދޫގައި ހަލުވިކަމާއެކު ފަނާބަސަންދު ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ސްކޫލްތަކުން އިލްތިމާސްކޮށްފިއެވެ

މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެންހުޅުމީދޫގައި ފާނަބަސަންދު ފެތުރެން ފަށާފައިވާއިރު މިހާރު ބަލިޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދުވަނީ އިތުރުވެފައެވެ. މިކަމާއި ގުޅިގެން ޝަމްސުއްދީން ސްކޫލުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ފާނަބަސަންދަކީ ހަލުވިކަމާއެކު ގައިން ގަޔަށް އަރާ ބައްޔެއްކަމުން ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކުރައްވާ ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މި ބަލި އެއްކޮށް ރަގަޅު ނުވަނީސް ކުދިން ސްކޫލަށް ނުފޮނުވުމަށް އެ ސްކޫލުންވަނީ އެދިފައެވެ

މި ދެރަށުގައި ހަލުވިކަމާއެކު ފާނަބަސަންދު ފެތުރެމުންދާއިރު ހުޅުދޫ އަށް ވުރެ ބޮޑަށް މި ބަލި ފެތުރެމުންދަނީ މީދޫގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބަލިޖެހިގެން ދުވާލަކު 4 މީހުންނަށްވުރެ ގިނައިން ޑޮކްޓަރަށް ދައްކަމުންދާއިރު، ފާނަބަސަންދުން ރައްކާތެރިވުމަށް ޖަހާ އިންޖެކްޝަން ހޯދުމަށް ގިނަ ބަޔަކު ދަނީ އެދެމުންނެވެ. ހުޅުމީދޫގައި ދެ ބޭސް ފިހާރަ ހުންނައިރު މި ދެބޭސް ފިހާރައިންވެސް އަދި އިންޖެކްޝަން ލިބޭކަށް ނެތެވެ.