English Edition
Dhivehi Edition

އައްޑޫސިޓީގެ ހުޅުދޫ ސްކޫލްގެ ޕްރިންސިޕަލަކަށް ސ. ހިތަދޫ ސަގަރުގެ ނާޒްނީން އަބްދުﷲ (ނާޒް) ހަމަޖައްސަވައިފިއެވެ.

މަގާމާ ހަވާލުވުމަށް ފަހު ނާޒް ވަނީ ރަސްމީކޮށް މިއަދު ސްކޫލަށް ނިކުންނަވައިފައެވެ.

އައްޑޫހައިސްކޫލްގައި ކެމިސްޓްރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަވަމުން ގެންދެވި ނާޒް ވަނީ މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ހައްދަވާފައެވެ. އަދި ށ. މިލަންދޫ ސްކޫލްގައި ވެސް ޕްރިންސިޕަލެއްގެ މަގާމު މީގެ ކުރިން ނާޒް ވަނީ އަދާކުރައްވަވާފައެވެ.

ޕްރައިމަރީ ލެވެލް އަށް ކިޔަވައިދޭ ހުޅުދޫ ސްކޫލުގެ ޕްރިންސިޕަލެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތް ކުރެއްވެވީ ހުޅުމީދޫގެ ތައުލީމީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރެއްވެވި ބޭފުޅެއް ކަމުގައިވާ މޫސާ ސިއްދީގެވެ. ސިއްދީގް ރިޓަޔަރ ކުރެއްވުމާ ގުޅިގެން އެ ސްކޫލުގައި ޕްރިންސިޕަލަކު ނެތި ކިޔަވައިދެމުން ގެންދާތާ މިހާރު 2 މަސް ދުވަސް ވަނީ ވެފައެވެ.

މިއަހަރު އަލަށް އެ ސްކޫލްގައި ގްރޭޑް 8 އުފައްދައި ކިޔަވައި ދެމުން އަންނަ އިރު ޕްރިންސިޕަލެއްގެ ގޮތުގައި އަލަށް އެސްކޫލާ ހަވާލުވެލެެއްވެވި ނާޒް އަށް ސްކޫލުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.