English Edition
Dhivehi Edition

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާކަމުގައި ގިނަ ބަޔަކު ގަބޫލުކުރާ އާޖެންޓީނާގެ ޑިއޭގޯ މެރެޑޯނާއަށް، މިހާރު ރަޝިއާގައި ކުރިއަށްދާ ވޯލްޑްކަޕްގެ މެޗުތައް ބެލުމުގައި އަހުލާޤު ހިފެހެއްޓުމަށް ފީފާގެ ޗީފް ކޮލިން ސްމިތް ނަސޭހަތްތެރި ވެއްޖެއެވެ

އާޖެންޓީނާއާއި ނައިޖީރިއާ ބައްދަލުކުރި މެޗުގައި މެރެޑޯނާގެ ފަރާތުން ފެނިގެން ދިޔަ ދަށު ދަރަޖައިގެ އަމަލުތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންތައް މެރެޑޯނާއަށް އަމާޒުވެފައިވާއިރު އެފަދަ ދަށު ދަރަޖައިގެ އަމަލުތަށް ތަކުރާރު ނުކުރުމަށް ކޮލިން ވަނީ ނަސޭހަތްތެރިވެފައެވެ.

މެރެޑޯނާ އަށް ފީފާއިން ނަސޭހަތްތެރިވެފައިވަނީ މެޗު ކުރިއަށް ދިޔަ ވަގުތުގައި ސިނގިރޭޓް ބުއިމާއި މަސްތީހާލުގައި ގިނަ ވަގުތު ހޭދަކުރުމުގެ އިތުރުން ނައިޖީރިއާ އާއި ދެކޮޅަށް އާޖެންޓީނާ ނުކުތް މެޗުގެ 88 ވަނަ މިނެޓްގައި މާކޮސް ރޯހޯ ޖެހި ގޯލާއި އެކު ކޮޅަށް ތެދުވެ އިނގިލީގެ އިޝާރާތުން ބޭއަދަބީ އަމަލުތައް ހިންގުމުގެ ސަބަބުންނެވެ