ދ. އަތޮޅު ވޮށްމުލީގައި ހިންގާ ސެއިންޓް ރީޖިސް ވޮށްމުލި ރިސޯޓުގެ ސްޕާގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ސްޕާގެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ވޮށްމުލި ރިސޯޓުގެ ސްޕާގައި އަލިފާން ރޯވި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 9:00 ހާ އިރުކަމަށާއި ދ. ކުޑަހުވަދޫ ފަޔަރ އެންޑް ރެސްކިއު ސާވިސް ޕޯސްޓްގެ ސިފައިން ހަރަކާތްތެރިވެ، ގަޑިއެއްހާ އިރު ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާކަމަށެވެ
އެ ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް މި ހިނގީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 26 ވާ ހުކުރު ދުވަހުގެ ރޭ ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ ބޮޑު އިވެންޓެއް ކަމުގައިވާ ވޯލްޑް ސްޕާ އެވޯޑްސް ބޭއްވުމަށް ނިންމާފައި ވަނިކޮށްެވެ