English Edition
Dhivehi Edition

އުމުރުން 24 އަހަރުގެ މަންމައެއް އޭނާގެ ދިހަ މަހުގެ ފިރިހެން ދަރިފުޅު ފެންޓައްޕަކަށް ގަންބާލައި މަރާލައިފިއެވެ.

މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ އަވަށެއް ކަމަށްވާ ޕައިޓަންހެޑާ ވިލެޖްގައި މިދިޔަ ހޮނިހިރު ދުވަހުވަހު އެވެ. އިންޑިޔާގެ ޚަބަރުތައް ބުނާގޮތުގައި އައުރަންގްބާދް ގެ ބިޑްކިން ޕޮލިސްޓޭޝަނުން މިހާރު ވީ އެއަންހެންމީހާ ހައްޔަރުކޮށް ތަހުގީގު ފަށާފައެވެ.

ޓައިމްސް އޮޕްއިންޑިއާ އާ ހަވާލަދީ ބިޑްކިން ޕޮލިސް ގެ އޮފިސަރަކު ބުނެފައިވަނީ އުމުރުން 24 އަހަރުގެ ވެދިކާޕަމޭޝްކަރ ހައްޔަރުކޮށްފައިވަނީ އޭނާގެ ދިހަމަހުގެ ފިރިހެން ދަރިފުޅު ފެންޓައްޕަކަށް ގަންބާލައި މަރާލުމާއި ގުޅިގެން ކަމަށެވެ. ފުލުހުން ބުނެފައިވާގޮތިގައި އެއަންހެން މީހާ ތަހުގީގަށް ކިޔައިދީފައި ވާގޮތުގައި އޭނާ ދަރިފުޅުމަރާލީ ދެވަނައަށް އަންހެން ކުއްޖެއް ބޭނުންވެފައި ހުއްޓާ ފިރިހެން ކުއްޖެއް ލިބުމާއި ގުޅިގެންކަމަށެވެ. ފުލުހުން ބުނީ ވެދިކާ ގެ ކައިވެންޏަށް ފަސް އަހަރު ފުރިފައި ވާއިރު ދޮއްޓަށް ތިންއަހަރުގެ ފިރިހެން ކުއްޖެއް އެދެމަފިރިންނަށް ލިބިފައިވާކަމަށެވެ. “ވެދިކާ ގެ ފިރިމީހާބޭނުންވަނީ ދެކުދިން ގެ އާއިލާއެއް، ދެވަނައަށް ވެސް ލިބުނީ ފިރިހެން ކުއްޖެއް އެހެންނަމަވެސް ވެދިކާބޭނުން ވަނީ އަންހެންކުއްޖެއް އެކުއްޖާ މަރާލުމުން އަންހެން ކުއްޖަކު ހޯދަން ފުރުސަތު ލިބިދާނެ ކަމުގެ އުންމީދުގައި އެކުއްޖާމަރާލީ” ވެދިކާ ތަހުގީގަށް ކިޔައިދިންކަމަށް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން ފުލުހުން ބުނެފައިވަނީ ވެދިކާ ތަހުގީގަށް ކިޔައިދީފައިވާގޮތުގައި މީގެ ކުރިންވެސް އަމިއްލަގޭގައި ބާތްޓަބަކަށް ގަންބާލައިގެން އެތުއްތު ކުއްޖާމަރާލަން މީގެ ދިހަދުވަސް ކުރީން ވެސް އޭނާ މަސައްކަތް ކޮށްފައި ވާކަމަށެވެ.ނަމަވެސް އެފަހަރު އެކުއްޖާ ގެންބުމުން ހޭނެތިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީގެން ސަލާމަތްވީކަމަށެވެ. ނަމަވެސް ވެދިކާ ގެ މަންމަމެންގެޔަށް ކުޑަދުވަސްކޮޅަކަށް މަޑުކޮށްލުމަށް ދިއުމަށްފަހު އަނެއްކާ ތުއްތުކުއްޖާ މަރާލަން ލިބުނު ފުރުސަތެއް ކަމަށްބަލާ އެކުއްޖާ ފެންޓައްޕަކަށްގަންބާލާ މަރާލީއެވެ.

އިންޑިއާ އަކީ ބޮޑެތި ކުށްތައް އެންމެ ގިނައެއްގައުމެވެ. ރޭޕްގެ މައްސަލަތަކާއި، އަންހެނުނަށް ކުރާއަނިޔާ، މުސްކުޅިންނަށް ކުރާ ގެވެށިއަނިޔާ އަދި ކުޑަކުދީން ނަށްކުރާއަނިޔާގެ އިތުރުން މަރުގެ ކޭސްތައް އެންމެ ގިނަގައުމު ތަކުގެ ތެރޭގައި އިންޑިއާ ހިމެނެއެވެ.

 

ޓެގު