އާލާ 19 ވަނަ އިންޓަ ރިސޯޓު ވޮލީ ބޯޅަ މުބާރާތުގެ ޒޯން އެކެއްގައި އިއްޔެ ކުޅުނު މެޗު ބަނޑޮސް މޯލްޑިވްސް އާއި ވަން އެންޑް އޮންލީ ރީތި ރަށުން ކާމިޔާބުކޮށްފިއެވެ
އިއްޔެ ކުޅުނު ދެ މެޗުގެ ތެރެއިން އިއްޔެ ބަނޑޮސް އާއި މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާއާ ވާދަކޮށް ބަނޑޮސް އިން މެޗު ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ. ބަނޑޮހުން މި މެޗުގެ ސެޓުތައް ގެންދިޔައީ 25-15، 23-25، 25-21 އަދި 25-10 އިންނެވެ. މި މެޗުގެ މޮޅު ކޮޅުންތެރިއަކަށް ހޮވުނީ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)އެވެ.
އިއްޔެ ރީތި ރަށުގައި ކުޅުނު މެޗުގައި، ކުރުނބާ މޯލްޑިވްސް އާއި ބައްދަލުކޮށް ރީތިރަށުން މެޗު ކާމިޔާބުކުރީ ސީދާ ތިންސެޓުންނެވެ. ރީތިރަށުން ސެޓުތައް ގެންދިޔައީ 25-16، 25-18 އަދި 25-17 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރީތިރަށް ޓީމުގެ ކުޅުންތެރިޔާ އަލީ މައުރޫފް (މާއްޓޭ) އެވެ
މިއަދު ބަންޑޮހުގައި ކުޅޭ މެޗުގައި ވާދަކުރާނީ ގްރޭންޑް ޕާކް ކޮއްދިއްޕަރާއި ޝެރެޓަން މޯލްޑިވްސް ފުލް މޫން އެންޑް ސްޕާއެވެ. ވަން އެންޑް އޮންލީ ރީތި ރަށުގައި ކުޅޭ މެޗުގައި ވާދަކުރާނީ ކުރުނބާ މޯލްޑިވްސް އާއި ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަހުރާއެވެ
މިއަހަރުގެ އިންޓަ ރިސޯޓު މުބާރާތް ފަސް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު މިއަހަރުގެ މުބާރާތުގައި ޖުމްލަ 19 ރިސޯޓަކުން ވާދަކުރެއެވެ.