English Edition
Dhivehi Edition

ހަ ރޯދަ ނިމުމުން ވެމްކޯގެ ކުނި ނަގާ ގަޑިތަކަށް ބަދަލު އަންނާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ހާމަކޮށްފިއެވެ.

ރަމަޟާން މަސް ފެށުމާއި އެކު ކުނި ނެގުމުގެ ގަޑިތަކަށް އައި ބަދަލުތައް ކުރިން ހުރިގޮތަށް އިއާދަވެގެންދާނެ ހާމަކުރަމުން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ ސުޕަރވައިޒަރ ހައުސްހޯލްޑް ސަރވިސް ނަސްރުﷲ އަޙްމަދު ވިދާޅުވީ ހަރޯދައަށް ފަހު ރަމަޟާންމަސް ފެށުމުގެ ކުރިން ކުނި ނެގި އުސޫލުން ކުނި ނެގުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށެވެ. އެގޮތުން މެންދުރު ފަހު 14:00 ގައި ކުނި ނަގަންފަށާއިރު ރަމަޟާން މަހާ ޚިލާފަށް ރޭގަނޑު 22:00 އާ ހަމައަށް ހުރިހާ ގަޑިތަކެއްގައި ކުނިނަގާނެކަމަށް އެނާ ވިދާޅުވިއެވެ.

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އިން ރަމަޟާންމަހާ ދިމާކޮށް އެކޯޕަރޭޝަނުން ޚިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނައެވެ. ވެމްކޯގައި މަސައްކަތްކުރާ މުވައްޒަފުންވެސް ރޯދަމަހާ ދިމާކޮށް ލުޔެއް ދީފައިވީނަމަވެސް މާލޭގެ މަގުތަކުގައި ކުނި ގިނަވުމާ ގުޅިގެން ޚިދުމަތްދޭ ގަޑިތައް ރަމަޟާންމަހު އެކޯޕަރޭޝަނުން އިތުރުކޮށް ޚިދުމަތް ފޯރުކޮށްދިނެވެ.