ލ. މާބައިދޫގެ ފެނަކަ އޮފީހުން ވައްކަންކުރި މައްސަލައާ ގުޅިގެން އެ އޮފީހުގެ ފަސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި އެވެ
ވަޒީފާއިން ވަކިކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައި ހިނގި އެ ވައްކަމާ ގުޅިގެން ހައްޔަރުކުރި، އެތަނުގެ މެނޭޖަރާއި އެސިސްޓެންޓް މެނޭޖަރާއި ސުޕަވައިޒަރާއި ފައިނޭންސްގެ އެޑްމިން އަދި ޓެކްނީޝަނަކަށް މަސައްކަތް ކުރި މީހުންނެވެ
މާބައިދޫ އިންޖީނުގެއިން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގާފައިވާއިރު އެ މައްސަލައާ ގުޅިގެން ފުލުހުން އޭރު 24 އަހަރާއި 43 އަހަރާ ދެމެދު ހަ ފިރިހެނުންވަނީ ހަައްޔަރުކޮށްފައެވެ.