English Edition
Dhivehi Edition

އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި އަލިފާން ނިއްވުމުގެ މަސައްކަތްކުރަމުންދާ މީހުން، ކުރާ މަސައްކަތަށް އިންޑިއާގެ މަޝްހޫރު ތަރި ދީޕިކާ ތައުރީފުކޮށްފިއެވެ.

މިދިޔަ ހަފްތާ ތެރޭގައި ދީޕިކާ ދިރިއުޅެމުން ދިޔަ އިމާރާތުގެ 32 ވަނަ ފްލޯރ ގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އަލިފާން ނިއްވާ މީހުން ކުރި މަސައްކަތަށް ދީޕިކާވަނީ ޝުކުރުއަދާކޮށްފައެވެ. އަލިފާނުގެ ހާދިސާއަށްފަހު ދީޕިކާވަނީ އޭނާ ދިރިއުޅޭ އެޕާޓްމެންޓުގެ ކަންތައްތައް ހުރި ގޮތް ބެލުމަށްފަހު، އަލިފާން ނިއްވުމުގެ މަސައްކަތްކުރިއަށް ދިޔަ ގޮތްވެސް ބަލާފައެވެ

އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެ އިމާރާތުގެ ގެއްލުންވެފައިވާ ތަންތަން މަރާމާތުކުރުމަށް ދެ ހަފްތާ ނަގާނެކަމަށް ބެލެވޭއިރު އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަންނަނީ ތަހުގީގުކުރަމުންނެވެ