ފިތުރު އީދު ބަންދާ ދިމާކޮށް ގައުމީ އެއާރލައިން މޯލްޑިވިއަން އިން ކުރާ ދަތުރުތައް އިތުރުކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެ ކުންފުނިން ބުނެފިއެވެ.
މޯލްޑިވިއަން އިން މައުލޫމާތުދޭ ގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގައުމީ އެއާލައިން އިން ކުރާ ދަތުރުތައް އީދު ބަންދާއި ދިމާކޮށް އިތުރުކުރަން ނިންމާފައި ވަނީ އަތޮޅުތަކަށް ދަތުރުކުރާ ފްލައިޓް ތަކަށް ޑިމާންޑު ބޮޑުވެފައިވާތީއެވެ.
އެގޮތުން ގިނަ ފްލައިޓްތައް ފުލް ވެފައިވާއިރު މިހާރުވެސް ޓިކެޓް ބުކް ކުރަމުން އަންނަ މީހުން ގިނަ ކަމަށް މޯލްޑިވިއަނުން ބުނެއެވެ..
އެހެންކަމުން އެންމެ ގިނައިން ޑިމާންޑް ކުރާ އަތޮޅުތަކަށް ފްލައިޓްތައް އިތުރުކުރުމަށް މަސައްކަތްކުރަމުންދާކަމަށް މޯލްޑިވިއަން އިން ހާމަކުރެއެވެ.