English Edition
Dhivehi Edition

ރ އުނގޫފާރު ބަނދަރު ގައި އޮތް ބޯޓެއްގައި އެއްޗެއް ގޮވާ މީހަކު ވަރަށް ބޮޑަށް ފިހިގެން ފަރުވާދޭން ފަށައިފިއެވެ.

ހަބަރު ލިބިފައިވާގޮތުގައި މިހާދިސާގައި ރޯވެފައި ވަނީ އުނގޫފާރު ބަނދަރުގައި އޮތް “ހަވްކްސް” ތެޔޮބޯޓުގައެވެ. ބާރު އަޑުފައްގަނޑަކާއި އެކު އެއެޗެއް ގޮވައި ބޯޓުގައި އަލިފާން ރޯވެ އަނިޔާވެފައި ވަނީ ދެމީހަކަށެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ 8:25 ހާއިރު އަލިފާނުގެ ހާދިސާގެ ހަބަރު ލިބުމާއެކު ފުލުހުން އެސަރައްދަށް ގޮސްހަރަކާތްތެރި ވީކަމަށެވެ. ފުލުހުނގެ މީޑިއާ އޮފިޝަލް “އޭއޯނިއުސް” އާ ވާހަކަދައްކަވަމުން ވިދާޅުވީ މިހާދިސާގައި ދެމީހަކު ފިހިފައި ވާކަމަށާއި މިހާރު އެ ދެމީހުންވެސް ވަނީ އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައި ކަމަށެވެ. “މިހާދިސާގައި ބޮޑަށް ފިހިފައިވަނީ ބިދޭސީއެއް، ހީވާގޮތުގައި އޭނާގެ ހަށިގަނޑުގެ %40 ވަނީ ފިހިފައި” ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން މި ހާދިސާ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.