English Edition
Dhivehi Edition

ރ. އުނގޫފާރުގައި ފީނަން ގޮސްއުޅުނު ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އުނގުލު ކިޔާ ފަޅު ރަށަކާއި އުނގޫފާރާ ދޭތެރޭގައި އޮންނަ ތިލަގަނޑަކަށް ފީނަން ގޮސް އުޅެނިކޮށް މިއަދު މަރުވީ، އުނގޫފާރު އާބިން، އަލީ މިމްރާހު، 25،އެވެ.

އެކަމާގުޅިގެން ފުލުހުން ބުނީ، އުނގޫފާރުގައި ފީނަން ގޮސްއުޅުނު މީހަކު ގެނބިފައިވާ ކަމަށް ހޯމަ ދުވަހުގެ ހަވީރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ ނިޔާވެފައިވާކަމަށް އުނގޫފާރު ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށެވެ.

މިކަމާގުޅިގެން އިތުރަށް ބަލަންޖެހޭކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.