English Edition
Dhivehi Edition

ބައިނަލްއަޤުވާމީ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ގިނަފަހަރު ބޭނުން ކުރެވޭ ކޮތަޅެއް ތަޢާރަފުކޮށްފިއެވެ. ގިނަ ފަހަރު ބޭނުންކުރެވޭ ކޮތަޅު ބޭނުންކުރުމުގެ އާދަ މުޖުތަމަޢުގައި އަށަގެންނެވުމުގެ ގޮތުން ދިރާގުން ވަނީ އެކުންފުނީގެ މުވައްޒަފުންނަށާ، ބައެއް ސުޕަމާކެޓް ތަކުން މިކޮތަޅުތައް ލިބޭނެ އިންތިޒާމު ހަމަ ޖައްސާފައެވެ.

މިއީ 2016 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ޕާލޭ މޯލްޑިވްސް އާއި ގުޅިގެން ދިރާގުގެ ޢާންމު އިޖުތިމާޢީ ޒިންމާގެ ދަށުން ފެށި “ފޯ ދި އޯޝަންސް” ކެމްޕެއިން ގެ ދަށުން ތަޢާރަފް ކުރި ކޮތަޅެކެވެ. “ފޯ ދި އޯޝަންސް” ކެމްޕެއިނަކީ، ކުންފުނީގެ މުވައްޒަފުންނަށާއި މުޖުތަމަޢުއަށް އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިލް ކޮތަޅު ބޭނުން ނުކުރުމަށް ގޮވާލާ ގިނަ ފަހަރު ބޭނުން ކުރެވޭނެ ކޮތަޅު ގެންގުޅުމަށް ބާރުއަޅުމަށް ފެށި ކެންޕެއިނެއްކަމަށް ދިރާގުން ބުނެއެވެ.

 

ދިރާގުން ބުނީ މިއަދު އެކުންފުނީގެ ކޮންމެ މުވައްޒަފަކަށް މި ކަމުގައި އެއްބާރުލުން ދިނުމުގެ ގޮތުން ދުވަހާއި ގުޅޭގޮތުން ފަރުމާ ކުރެވިފައިވާ ޚާއްޞަ ގިނަފަހަރު ބޭނުން ކުރެވޭ ކޮތަޅު ހަދިޔާކޮށްފައިވާ ކަމުގައެވެ. ކޮތަޅުތައް މުވައްޒަފުންނަށް ހަދިޔާކުރި އެންމެ ބޮޑު މަގުސަދަކީ އެ މުވައްޒަފެއްގެ ފަރުދީ ޒިންމާ އަދާ ކުރަން ބާރު އަޅާ، ޕްލާސްޓިކު ކޮތަޅު ގެންގުޅުން މަދު ކުރުމަށް އެއްބާރު ލުމުގެ ގޮތުންކަމަށް ދިރާގުން ބުނެއެވެ.

ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން މެނޭޖަރ ބިޝާރާ ޙަމީދު ވިދާޅުވި ގޮތުގައި ތިމާވެށި ޙިމާޔަތް ކުރުމަކީ ދިރާގުގެ ޢާންމު އިޖުތިމާޢީ ޒިންމާގެ ދަށުން ވަރަށް ބޮޑު އިސްކަމެއް ދޭކަމެއްކަމަށެވެ. ދިގު މުއްދަތަކަށް ދިރާގުން ކުރިއަށް ގެންދާ މި ކެމްޕެއިނަކީ ކަނޑުތަކަށް ޕްލާސްޓިކް އެޅުމުގެ ނުރަގަނޅު އާދަ ހުއްޓުވައި އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ކުންފުނީގެ ސީއެސްއާރްގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.
ދިރާގުން ބުނީ ރީޔޫސަބަލް ކޮތަޅުތައް ތައްޔާރުކޮށް ތަޢާރަފުކުރުމުގެ އެންމެ ބޮޑު މަޤުޞަދަކީ އެ މުވައްޒަފެއްގެ ފަރުދީ ޒިންމާ އަދާ ކުރަން ބާރު އަޅާ، ޕްލާސްޓިކު ކޮތަޅު ގެންގުޅުން މަދު ކުރުމަށް އެއްބާރުލުންދިނުމުގެ ގޮތުންކަމަށެވެ.
ދިރާގުން ވަނީ އެކުންފުނީގެ ހެޑް އޮފީހުގެ ލޮބީންނާއި ދިރާގު ރީޖަނަލް އޮޕަރޭޝަން ސެންޓަރުތަކުން މިކޮތަޅު ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައެވެ.