ރިޔާސީ އިންތިޚާބު ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިންތިޚާބު ބާއްވާނެ ތާރީޚް އިއުލާނު ކުރީ ރޭ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. .
މި ޙަފުލާގައި، އިންތިޚާބު އޮންނަ ތާރީޚު ރަސްމީކޮށް އިޢުލާންކޮށްދެއްވީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ މަންދޫބުންނެވެ.
އިންތިޚާބުގެ ކަންތައް ކުރިއަށް ގެންދަން ނިންމާފައިވާ ޓައިމްލައިން
ޤާނޫނު ޢަސާސީގެ 110 ވަނަ މާއްދާގެ ދަށުން ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދުގައި ރިޔާސީ އިންތިޚާބު ބާއްވަންޖެހެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި އިންތިޚާބު ބާއްވާނެކަމަށެވެ.
މި ޙަފުލާގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބު ބާއްވާ ދުވަހަކީ އާދިއްތަ ދުވަހެއް ކަމަށާއި އެ ދުވަހަކީ އިންތިޚާބަށް ޚާާއްސަ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ. އަދި އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާނެކަމަށް ޝަރީފް ވިދާޅުވިއެވެ
ޤާނޫނު އަސާސީ ބުނާގޮތުން (110 ވަނަ މާއްދާ) ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތެއްގައި އިންތިޚާބު އިއުލާނު ކުރަންވާނެއެވެ.