އެއް ހަށިގަނޑުން ގުޅިފައިވާ ދެ ބެއިން ކަމަށްވާ މާރިއާ އަދި ކޮންސޮލަޓާ މަވަކިކުޓި އުމުރުން 21 އަހަރުގައި މަރުވެއްޖެ އެވެ
ޓެންޒޭނިއާ އަށް އުފަން މި ދެބެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހިތުގެ މައްސަލަތަކެއް ދިމާވުމާއި ގުޅިގެން. މިދިޔަ ހޮނިހިރު ދުވަހު މި ދެބެއިން މަރުވެފައިވަނީ ނެވާލާން އުދަގޫވުމާއި ގުޅިގެން ޑޮކްޓަރުން ފަރުވާ ދެމުން ދަނިކޮށެވެ
މިދެބެއިން ހަށިގަނޑު ވަކި ކުރުމަށްޓަކައި އޮޕަރޭޝަން ކުރަން ބޭނުންނުވާކަމަށް ބުނެފައިވާއިރު ދެބެން ވެސް ހިއްސާކުރަމުންދިޔައީ އެއް ލަންގްސް އާއި އެއް ލިވާ އެކެވެ. އެހެންނަމަވެސް ހިތާއި ބޮލާ އަދި ހަތަރެސް ފައިގެ ގުނަވަންތައް ހުރީ ވަކިންނެވެ
މާރިއާ އާއި ކޮންސޮަލަޓާ ހައި ސްކޫލް ގްރެޖުއޭޝަން މިދިޔަ އަހަރު ބާއްވާފައިވާއިރު މިދެބެއިން މަރުވުމާއި ގުޅިގެން ޓެންޒޭނިއާގެ ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކޮށްފައެވެ. މީގެ އިތުރުން އެ ގައުމުގެ ރައީސް ޖޯން މަގުފުލީ ވަނީ މާރިއާ އާއި ކޮންސޮލަޓާ މަރުވި ޚަބަރު އެހީ ފުން ހިތާމައާ އެކު ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ