English Edition
Dhivehi Edition

މި އަހަރުގެ ތިމާވެށި ދުވަހުގެ ޝިއާރާއި ގުޅުވައިގެން އައްޑޫ ސިޓީ މީދޫ ޑެލިފްރެޝް ފެމެލީ ރެސްޓޯރެންޓުގައި ޕްލާސްޓިކް ސާމާން ބޭނުންކުރުން ހުއްޓާލައިފިއެވެ

ޑެލިފްރެޝްގައި ތިމާވެއްޓާ ރައްޓެހި ގިނަ ސާމާންތަކެއް ބޭނުން ކުރަން ފަށާފައިވާއިރު ރެސްޓޯރެންޓުންވަނީ ޕްލާސްޓިކް ކޮތަޅު، ޕްލާސްޓިކް ފުޅި އަދި ޕްލާސްޓިކް ވަޅި، ސަމުސާ، އޫފަދަ އެއްޗެހި ބޭނުންކުރުން ހުއްޓާލާފައެވެ. ކަސްޓަމަރުންގެ ހިޔާލާއި މަޝްވަރާ އާއި އެކު ޑެލީޕްރެޝްއަށް ގެނައި މި ބަދަލު ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް ބަލައިގެންފައެވެ

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ 5 ޖޫންއެވެ. މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ ‘ ބީޓް ޕްލާސްޓިކް ޕޮލިއުޝަން އެވެ.’