މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މިނިސްޓަރުގެ ނައިބުގެ މަޤާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ އައްޔަން ކުރައްވައިފިއެވެ
ސައުދީ ޔޫތު މިނިސްޓަރުގެ ނައިބަކަށް އައްޔަން ކުރެއްވުމާއި ބެހޭ ގޮތުން ރައީސް އޮފީހުން އަދި ވަކި އެއްޗެއް ވިދާޅުވެފައި ނުވާއިރު ސައުދީ ޔޫތު މިނިސްޓަރުގެ ނައިބަކަށް އައްޔަން ކުރައްވާފައިވާ ކަން ޔޫތު މިނިސްޓްރީ އިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ
ސައުދީ ޔޫތު މިނިސްޓަރުގެ ނައިބަކަށް އައްޔަން ކުރައްވާފައިވާއިރު، ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރައްވާފައެވެ