English Edition
Dhivehi Edition
Custard Jelly Tart

ބޭނުންވާތަކެތި

2 ޖޯޑު މާރީ ބިސްކޯދު (ހިމުންކޮށްފައި)

½ ޖޯޑު ބަޓަރ

1 ޕެކެޓް ޖެލީ މިކްސް (ސްޓޯބެރީ ފްލެވަރ)

4 މޭޒުމަތީ ސަމްސާ ކަސްޓަޑް ޕައުޑަރ

1 ދަޅު ގެރި ކިރު

5 ޖޯޑު ފެން

1 ސައިސަމްސާ ބަނާނާ އެސެންސް

 

ތައްޔާރު ކުރާނެގޮތް

މާރީ ބިސްކޯދު ރަނގަޅަށް ހިމުންކޮއްލާފައި އޭގެތެރެއަށް ބަޓަރު ކޮޅު ވިރުވާލާފައި އަޅާ ރަނގަޅަށް އެއްކޮލާށެވެ.އެއަށްފަހު ޓްރޭއަކަށް އަޅާ ރަނގަޅަށް ފަތުރާލާފައި ފްރިޖުގައި ބައިގަޑިއެއްހާއިރު ބަހައްޓާށެވެ.ކަސްޓަޑް ތައްޔާރުކުމަށް 5 ޖޯޑު ފެން ތެއްޔަކަށް އަޅާފައި ކަސްޓަޑް ޕައުޑަރ އަޅާފައި ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު އުދުން މައްޗަށް އުދާފައި މަޑުގިނީގައި ކައްކާށެވެ. ކަސްޓަޑް ކުޑަކޮށް ހަރުވާން ފެށުމުން ގެރިކިރުދަޅު އަޅާފައި ހަލަމުން ގެންދާށެވެ. ދެން ބަނާނާ އެސެންސް ފޮދު އަޅާފައި އެއްކޮށްލުމަށްފަހު އުދުން މަތިން ބާލާށެވެ.އެއަށްފަހު ކުރިން ބިސްކޯދު އަޅާފައި ބެހެއްޓި ޓްރޭއަށް އަޅާލާށެވެ.ކަސްޓަޑް ރަނގަޅަށް ފިނިވަންދެން ފްރިޖްގައި ބަހައްޓާށެވެ. ޖެލީ ޓޮޕިންގ ހަދާނީ ޖެލީ ޕެކެޓްގެ ބޭރުގައިވާ އިރުޝާދާ އެއްގޮތަށެވެ.އެއަށްފަހު ކަސްޓަޑް ކުޑަކޮށް ހަރުވެލީމާ ތައްޔާރު ކުރި ޖެލީ އޭގެ މައްޗަށް އަޅާލާފައި ގާތްގަޑަކަށް ހަތަރު ގަޑިއިރު ވަންދެން ފްރިޖުގައި ބަހައްޓައިގެން ފިނިކޮށްލާށެވެ.