English Edition
Dhivehi Edition

ފަސް ކުޑަ ފިރިހެން ކުއްޖަކު ވެގެންއުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ގޭންގެ ރޭޕްކޮށްލައިފި އެވެ.

މިހާދިސާ ހިނގާފައި ވަނީ އިންޑިއާގެ އަންދްރަ ޕްރަދޭޝްގައެވެ. ޓައިމްސް އޮފް އިންޑިއާ އާހަވާލަދީ އަންދްރަޕްރެދޭޝްގެ ފުލުހުން ބުނެފައިވަނީ، އެ އަންހެން ކުއްޖާ ގޮވައިގެން ގޮސް ރޭޕްކޮށްފައި އެވާހަކަ އެއްވެސް މީހެއްކައިރީ ބުނެފިއްޔާ ބޭޒާރު ކޮށްލާނެ ކަމަށް ބުނެ ފައިސާ ދީ ބިރުދައްކާފައިވާ ކަމަށެވެ. އަދި މިހާރު މިކަމެއް ހިނގާތާ ތިންމަސް ވެފައިވާކަމަށެވެ.

އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު އެ އަންހެން ކުއްޖާ ރޭޕް ކުރުމަށްފަހު ދެވަނަފަހަރަށް އަންނަން އެދުނީ ބިރުދައްކާފައި ކަމަށްވެސް ފުލުހުންބުނެފައިވެއެވެ. ދެވަނަފަހަރަށް އައުމުން ފަސް އެކުވެރީން ވަނީ އެކި ފަހަރު މަތީން ހިނގާދިޔަ 3މަސް ތެރޭގައި އެ ކުއްޖާ އަށް ޖިންސީ ގޯނާ ކޮށްފައެވެ.

ޓައިމްސް އޮފް އިންޑިއާ އާހަވާލަދީ އެކުއްޖާގެ މަންމަ ބުނެފައިވަނީ މިހާދިސާ ހިނގަމުން އަންނަކަން އެނގުނީ މިދިޔަ ބުރާސްފަތި ދުވަހުކަމަށާއި އެ ކުޑައަންހެން ކުއްޖާގެ އުޅުމަށް ބަދަލުތަކެއް އައުމުން ސުވާލުކުރުމުން ކަމަށެވެ. ހަމަ އެވަގުތު ފުލުހުންނަށް ހާދިސާ ރިޕޯރޓް ކުރި ނަމަވެސް ފުލުހުން އެސަރަހައްދަށް އައުން ލަސްވެގެން އެކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް ގޮސް ބެލި ބެލުމުން އެކުއްޖާ އަށް ޖިންސީ ގޯނާ ކޮށްފައި ވާކަމަށް ޑޮކްޓަރު ބުނެފައި ވާކަމަށެވެ.

ފުލުހުން ބުނެފައި ވަނީ މިހާދިސާގެ ހަބަރު ލިބިގެން އެސަރަހައްދަށް ދިޔައިރު އާންމުންގެ ބަޔަކު ވަނީ އެ ފަސްކުދިން ގައިގަތަޅާ އެކިވަރުގެ އަނިޔާދީފައި ކަމަށެވެ. އޭގެ ތެރެއިން ދެ ކުއްޖެއްގެ ހާލު ސީރިއަސްވެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ވާއިރު އަނެއް ދެކުދީން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. ނަމަވެސް އެއްކުއްޖަކު ފިލާފައި ވާކަމަށް އަންދްރަޕްރްދެޝްގެ ފުލުހުން މައުލޫމާތު ދެއެވެ.

އާބާދީ ބޮޑު އިންޑިއާ އަކީ ބޮޑެތި ކުށްތައް ގިނަ ގައުމަކަށް ވާއިރު އެންމެ ގިނައީ އަންހެނުން ނާއި ކުޑަކުދީން ނަށް ކުރާއަނިޔާ އަދި ރޭޕްގެ މައްސަލަތަކެވެ.

އިންޑިއާގައި ކުޑަކުދިން ރޭޕްކުރި ނިސްބަތް މިދިޔަ އަހަރު ވަނީ ވަރަށް މައްޗަށް ޖެހިފައެވެ. ނޭޝަނަލް ކްރައިމްސް ރެކޯޑް ބިއުރޯ އިން ބުނި ގޮތުގައި 2015 ވަނަ އަހަރު 10854 ކުދިން ރޭޕްކުރި އިރު 2016 ވަނަ އަހަރު މިއަދަދު ވަނީ 19765 އަށް އަރާފައެވެ. އަދި މިދިޔަ އަހަރު ވަނީ ކުޑަކުދީންގެ ރޭޕްކޭސް ގެ އަދަދު ޖުމްލަ 19،920 އަށް އަރާފައެވެ.

NCRB އިން ބުނެފައި ވާގޮތުގައި ކުޑަކުދީންގެ ރޭޕްގެ މައްސަލަތައް އެންމެ ގިނައިން އައިސްފައި ވަނީ އިންޑިއާގެ މަދްޔަ ޕްރަދޭޝް، މަހަރާޝްތްރާ، އުއްޓަރ ޕްރަދޭޝް، އޮޑިޝާ އަދި ޓެމިލްނާޑޫއިންނެވެ.

އިންޑިއާގައި ގޭންގް ރޭޕުގެ މައްސަލަތަކަށް ދޭ ސަމާލުކަން ބޮޑުވީ 2012 ވަނަ އަހަރު ދިއްލީގައި، ބަހެއްގެ ތެރޭގައި ދަރިވަރަކު ރޭޕް ކުރުމާ ގުޅިގެންނެވެ. އެ ކުއްޖާ އަށް ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފައެވެ.