English Edition
Dhivehi Edition

އަބުރުގެ ގާނޫނުގެ ދަށުން ފުރަތަމަ ޖޫރިމަނާކުރި ރާއްޖެޓީވީގެ ނޫސްވެރިޔާ އާލާ އިބްރާހިމްއަށް ދައްކަން އެނގި 50000 ރުފިޔާގެ ބުރޯޑްކާސްޓިން ކޮމިޝަނަށް ދައްކައިފި އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އައްޑޫ ސިޓީގެ ހިތަދޫގައި ހިނގި ރޭޕް މައްސަލައެއްގެ ހަބަރު ލިޔުމާ ގުޅިގެން ޖޫރިމަނާކުރި އާލާ ގެ ޖޫރިމަނާއަށްވާ ފައިސާ ދައްކާފައިވަނީ ހެޔޮއެދޭ ފަރާތެއްގެ އެހީތެރިކަމާއެކުގައި ކަމަށް އާލާބުނެއެވެ. އޭނާ ބުނީ ފައިސާ ދެއްކި ނަމަވެސް އެ މައްސަލަ އަލުން އިސްތިއުނާފް ކުރާނެ ކަމަށާއި ފައިސާ ދެއްކީ، އެފައިސާ ނުދައްކާ އިސްތިއުނާފް ކުރެވެން ނެތީމާ ކަމަށެވެ. އަދި އެ ފައިސާ ނުދައްކައިފި ނަމަ ޖިނާއީ ދައުވާ ކުރަން ކޯޓަށް ފޮނުވާނެ ކަމަށް ބުރޯޑްކާސްޓިން ކޮމިޝަނުން އެންގުމާ އެކު މިއަދު އެފައިސާ ދައްކާފައިވާ ކަމަށް އާލާ ވަނީ ބުނެފައެވެ. އާލާ ބުނީ މި މައްސަލައާއި ގުޅިގެން އޭނާގެ މައްޗަށް ކޮށްފައިވާ ޖޫރިމަނާގެ އެއްވެސް ފައިސާއެއް ރާއްޖެ ޓީވީން ދައްކާފައި ނުވާ ކަމަށާއި މި ކަމުގައި ސްޓޭޝަނުގެ އެހީތެރިކަމެއް ނުލިބުނު ކަމަށެވެ. އެ މައްސަލާގައި ރާއްޖެ ޓީވީ ދެލައްކަ ރުފިޔާ އިން ޖޫރިމަނާކުރި އިރު އާލާ ޖޫރިމަނާކުރީ 50،000 ރުފިޔާއިންނެވެ. މި މައްސަލާގައި ރާއްޖެޓީވީން ބުނެފައިވަނީ އާލާ ވެސް އަދި އެއިދާރާ ވެސް ޖޫރިމަނާ ކުރެވޭނެކަން ގަބޫލް ނުކުރާ ކަމަށާއި އާލާއަށް އަންގާފައި ވާނީ ހައްގު ހޯދަން މަސައްކަތްކުރަން ކަމަށެވެ.