English Edition
Dhivehi Edition

25 އަހަރުގެ އަންހެނެއް ގައިގަ ހަރުފައެއް ދަތް އެޅިތާ ކުޑަ ވަގުތު ކޮޅަކުން އޭނަގެ ދެ އަހަރުގެ ދަރިފުޅަށް ގާތުން ކިރުދިނުމުން އެކުއްޖާވެސް މަރުވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ އަވަށެއްކަމަށްވާ މަންޑްލާ ވިލެޖްގެ މުޒައްފާނަގާ ގައެވެ. ޓައިމްސް އޮފްއިންޑިއާ އާއި ހަވާލަދީ އެ އަވަށު ފުލުހުން ބުނެފައި ވަނީ ބުރާސްފަތި ދުވަހު ފަތިހު 4 ޖެހި އިރު ޕަރްވީން ނަމަކަށް ކިޔާ އެ އަންހެން މީހާ ފަތިހު ތެދުވެ އުޅެނިކޮށް ވިހަގަދަ ހަރުފައެއް ދަތްއެޅުމުން އޭނަގެ އާއިލާ މީހަކު ހަރުފަ ދަތް އެޅިތާގައި ބެންޑޭޖް އޮޅުމަށްފަހު އިތުރު ފަރުވާއެއްނުކޮށް ހުއްޓައެވެ.

އޭގެ ދެގަޑި އިރު ފަހުން ދަރިފުޅު ހޭލުމުން ބުއްދިންތާ ކުޑަ އިރު ކޮޅެއްފަހުން ތުއްތު ކުއްޖާ ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔައެވެ. ނަމަވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އެކުއްޖާ ވަނީ ވިހައިގެ ސަބަބުން މަރުވެފައެވެ. ފުލުހުން ބުނެފައިވަނީ އެކުއްޖާ މަރުވިތާ ކުޑައިރުކޮޅަކުން ޕަރްވީން ބިންމައްޗަށް ވެއްޓި މަރުވިކަމަށާއި، ޑޮކްޓަރުން ބުނެފައި ވަނީ ޕަރްވީން މަރުވީ ހަރުފައިގެ ވިހައިގެ އަސަރު ހަށިގަނޑަށް ކޮށްގެން ކަމަށެވެ.

ޓެގު