English Edition
Dhivehi Edition

މިހާރު ރާއްޖެއަށް ކުރަމުންގެންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި، އައްޑޫ ސިޓީ ގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެ ސަރަހައްދު ތަކުން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސަދަން އޭރިއާއިން ކޮށްފިއެވެ.

އިއްޔެ ކުރި ވިއްސާރައިގައި އައްޑޫ ސިޓީއަށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ހިތަދޫ ދެ ގެ އަކާއި ފޭދޫ ދެ ގެއްގެ އިތުރުން ހުޅުދޫ ދެ ގެއަކަށް ފެން ވަދެފައިވާ ކަމަށާއި ނަމަވެސް އެއްވެސް ގެ އެއްގެ ހިފާ ގެންގުޅޭ އެއްޗަކަށް ގެއްލުން ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ

އައްޑޫ ސިޓީގައި އެންމެ ބޮޑަށް ފެންބޮޑުވި ސަރަހައްދުތަކުގައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ރޭގައި ވަނީ ކޮށްފައެވެ.