English Edition
Dhivehi Edition

މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީން ރާއްޖެއަށް ދީފައިވާ 16 ސްކޯލާޝިޕަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ

މިދިޔަ އާދިއްތަ ދުވަހު ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުންކުރި އިއުލާނުގައި، ސްކޯލާޝިޕްގެ 16 ފުރުސަތު ހުޅުވާލާފައިވާއިރު އޭގެ ތެރޭގައި ޝަރީއާއާ ގުޅޭ ނުވަ ފުރުސަތާއި އަދި އެހެނިހެން ހަތް ދާއިރާއިން ބެޗެލާސް ޑިގްރީއިން ކިޔެވުމުގެ ފުރުސަތު ހިމެނެއެވެ

ޝަރީއާގެ އިތުރުން ސްކޯލާޝިޕްގައި ހިމެނޭ އެހެނިހެން ދާއިރާތަކުގެ ތެރޭގައި އިންޖިނިއަރިންގެ އެކިއެކި ޕްރޮގްރާމްތަކާއި، މެޑިސިންއާއި ޑެންޓިސްޓްރީގެ އިތުރުން ސައިންސާއި ހިއުމޭނިޓީސްގެ އެކިއެކި ދާއިރާތައް ހިމެނެއެވެ

މި ކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޝަހާދާ ޘާނަވިއްޔާ ނިންމައި ފާސްވުމާއެކު ޝަހާދާ ޘާނަވިއްޔާ ނިންމިފަހުން މިއަހަރު ސެޕްޓެމްބަރު މަހު 15އަށް ތިން އަހަރު ވެފައި ނުވުން ހިމެނެއެވެ. އަދި ހަމަ އެ މުއްދަތަށް އުމުރުން 25 އަހަރުން ފުރިފައިނުވުން ހިމެނެއެވެ