ބޭނުންވާ ތަކެތި
4 ޕަނީނޯ ބަނަސް
1 ދަޅު މަސް
1 ފިޔާ (ގާނާފައި)
1 ގިތެޔޮ މިރުސް(ހިމުންކޮށް ކޮށާފައި)
1 މޭޒުމަތީ ސަމްސާ ލުނބޯހުތް
½ ސައިސަމްސާ އަސޭމިރުސް
1 މޭޒުމަތީ ސަމުސާ މަޔޮނައިޒް
½ ޖޯޑު ކެބެޖް (ތުނިކޮށް ކޮށާފައި)
4 ފޮތި ސްލައިސް ޗީޒް
1/2 ސައިސަމްސާ ލޮނު
ތައްޔާރު ކުރާނެގޮތް
ފިޔާ،މިރުސް،މަސް އެއްކޮށް ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު ލުނބޮހުތް،އަސޭމިރުސް، މަޔޮނައިޒް،ކެބެޖް ކޮޅު އަދި ލޮނުކޮޅު އަޅާފައި އެއްކޮށްލާށެވެ.ޕަނީނޯ ބަނަސް ތައް މެދުން ފަޅި ކޮއްލާށެވެ. އޭގެ ތެރޭގައި ތައްޔާރުކުރި މަސްގަނޑު ފަތުރާލާށެވެ.އެއަށްފަހު ކޮންމެ ބަނަހެއްގެ ތެރެއަށް ޗީޒް ފޮއްޗެއް ލާފައި ޕަނީނޯ މޭކާރ އިން ފިހެލާށެވެ.