ބްރެޒިލްގެ އަވަށެއް ކަމަށްވާ “ސައޯ ޕައުލޯ” ގެ ސްކޫލެއްގެ ގޭޓްކައިރީގައި ތިބި ބެލެނިވެރިންނަށް ބަޑިން ބިރުދައްކާ ފޭރެން އުޅުނު މީހެއްގެ ގަޔަށް ބަޑިޖަހައިފި އެވެ.
މިހާދިސާ ހިނގާފައިވަނީ އެސްކޫލް ކައިރީގައި ދަރިވަރުން ބަލައި ބެލެނިވެރިން ގޮސް ތިއްބައެވެ. މިހާދިސާގައި ފޭރެން އުޅުނު މީހާ ގަޔަށް ބަޑި ޖަހާ ބެލެނިވެރިން ނާއި ދަރިވަރުން ސަލާމަތް ކުރީ، ބަޑި ހިފފައިގެން ފޭރެމުން އައި މީހަކު ސްކޫލް ގޭޓްކައިރިން ބެލެނިވެރިއަކަށް ބިރުދައްކަނިކޮށް ކައިރީގައި ހުރި އޮފް ޑިއުޓީ މިލިޓަރީ އޮފިސަރަކަށް ފެނިގެންނެވެ.
އުމުރުން 42 އަހަރުގެ ކެޓިއާ ޑެ ސިލްވަރ ސަސްޓަރ ނަމަކަށް ކިޔާ މިލިޓަރީ އޮފިސަރ ސްކޫލަށް ދިޔައީ އޭނާގެ އުމުރުން ހަތް އަހަރުވީ އަންހެން ދަރިފުޅު ބަލައެވެ. އެވަގުތު އެ ސަކޫލް ގޭޓްކައިރިީން ހިނގާފައި ދިޔަ އަންހެނަކު ހުރިހާ ބެލެނިވެރިން ކައިރީ ތިމަންނަގެ ފަހަތުން ދިޔަ މީހެއްގެ އަތުން ފޭރުނު ކަމަށް ބުނެ އެމީހުން ނަށް ފޭރޭމީހާ އެތާކައިރީ އުޅޭކަން އަންގާލިތާ ކުޑަ ސިކުުންތު ކޮޅެއްގެ ތެރޭގައި މޮރެރިއާ ނަމަކަށް ކިޔާ އެ ފިރިހެން މީހާ ބަޑި ދިއްކުރުމަށްފަހު ބެލެނިވެރިންނަށް ބިރު ދެއްކިއެވެ. ނަމަވެސް އެވަގުތު މިލިޓަރީ އޮފިސަރ ފޭރެން އުޅުނު މީހާ އަށް ވުރެން ހުށިޔާރުވެ ދަބަހުން ބަޑިނަގާ އޭނަގެ ގަޔަށް ތިންފަހަރު ބަޑިޖަހައެވެ. އެއަށްފަހު އޭނާ މަގު މައްޗަށް ވެއްޓުމުން ބަޑި ނަގާ އޮފިސަރ ސަލާމަތް ހޯދައެވެ. އެވަގުތު އެފޭރޭމީހާ އެހީއަށް އެދި ރޮމުން ދިޔަ މަންޒަރު ސީސީޓީވީ ފޫޓޭޖް އަށްވެސް އަރާފަހުއްޓެވެ.
މިދިޔަ ހޯމަދުވަހު ހިނގި މިހާދިސާގައި ފޭރެން އުޅުނު މީހާ އަށް ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް އޭނާވަނީ މަރުވެފައެވެ.
“ކެޓިއާ ހުރިހާ ދަރިވަރުންނާއި ބެލެނިވެރިނ ދުރަށް ޖައްސާފައި ބަޑިހިފައިގެން ހުރިިިިިިިި ފޭރޭ މީހާ އާއި ވަނީ ދިމާކޮށްފައި، އަދި އެ ފިރިހެން ކުއްޖާ ގަޔަށް ބަޑިޖެހި އަދި އެ ފިރިހެން ކުއްޖާވެސް ކެޓިއާގެ ފަޔަށް ބަޑިޖަހަން މަސައްކަތް ކުރި ނަމަވެސް އޭނާ މަގުމައްޗަށް ވެއްޓުމުން ބަޑީގެ ހަމަލާ ކެޓިއާ އަށް ނޭރި އެއަށްފަހު ކެޓިއާ ވަނީ އެމަޖެންސީ ސާރވިސް އަށް ގުޅައި އެ ފިރިހެން ކުއްޖާ ހޮސްޕިޓަލަށް ފޮނުވާފައި އެހެންވީމާ މިއީ ހަމަ އެންމެ ފުރިހަމައަށް ކެޓިއާ ކުރި މަސައްކަތެއް ޓްކްނިކަލް ޕޮއިންޓްއިން ބަލަންޏާ” މިހާދިސާ އާއި ގުޅިގެން ޕަބްލިކް ސެކިއުރިޓީގެ ސެކެޓްރީ މެގީ އަލްވެސް ބުނެފައި ވެއެވެ.
ސައޯ ޕައުލޯގެ ގަވަރނަރ މާސިއޯ ފްރާންސަރ ވަނީ ހޯމަދުވަހުގެ ގެ ވަގުތެއްގައި ހިތްވަރުގަދަ މިލިޓަރީ އޮފިސަރ އެތައް ދަރިވަރުން ތަކާއި ބެލެނިވެރިންގެ ފުރާނަ ސަލާމަތް ކޮށްދިނުމުން ދެކުދީންގެ މަންމައެއް ކަމުގައިވާ ކެޓިއާ ކުރި މަސައްކަތުގެ އަގުވަޒަން ކޮށްހިތްވަރު ދިނުމުގެ އިނާމް ދީފައެވެ. އަދި އޭނާ އަށް ހީރޯއެއްގެ ލަގަބް ދީފައެވެ.
މިލިޓަރީ އޮފިސަރ އެއް ގެ މަގާމު ގައި އުޅޭތާ 20 އަހަރު ވެފައިވާ ކެޓިއަރ ގެ ފިރިމީހާ އަކީވެސް ލުޓެނެންޓެކެވެ.