English Edition
Dhivehi Edition

މަޝްހޫރު މޮޑެލް ކައިލީ ޖެނަރގެ ދަރިފުޅު ސްޓޯމީ ޖެނަރ ގެ ބައްޕަ އާއި ބެހޭ ގޮތުން ބޮޑު ބަހުސްއަކަށް ގޮސްފައިވާއިރު، ސްޓޯމީގެ ބައްޕަކަމުގައި ގިނަ ބަޔަކު ބުނަމުންދާ ކައިލީގެ ބޮޑީގާޑް ޓިމް ޗަންގް ވާހަކަދައްކައިފިއެވެ

ކައިލީ، އޭނާގެ ދަރިފުޅުގެ ފޮޓޯއެއް ސޯޝަލްމީޑިއާގައި ހިއްސާކުރުމާއެކު ގިނަ ބަޔަކު ކައިލީގެ ދަރިފުޅާ ބެހޭ ގޮތުން ދައްކަމުން ދިޔަ ވާހަކަތަކަށް ފުރަތަމަ ފަހަރަށް ޖަވާބުދެމުން ޓިމް ޗަންގް ބުނެފައިވަނީ ސްޓޯމީއަކީ އޭނާގެ ދަރިއެއް ނުންކަމަށެވެ. ސޯޝަލް މީޑިއާގައި ޗަންގްއާއި ގުޅިގެން ދައްކަމުންދާ ވަހަކަތައް ދޮގުކޮށްފައިވާއިރު، ކައިލީގެ ކުރީގެ ލޯބިވެރިޔާ އަދި މަޝްހޫރު ރެޕަރ، ޓީގާ ވެސް ވަނީ ދަރިފުޅުގެ ބައްޕަ އާއި މެދު ސުވާލު އުފައްދާފައެވެ. ޓީގާ ބުނެފައިވަނީ ކައިލީ އާއި ޗަންގް ގެ ގުޅުމެއް އޮންނަކަމަށް އޭނާއަށް ކުރިންވެސް ޝައްކުވެފައިވާކަމަށާއި ދެމީހުންގެ ޢަމަލުތަކުން އެކަން ހާމަވާކަމަށެވެ

ކައިލީގެ ދަރިފުޅުގެ ބައްޕަ އާއި ބެހޭ ގޮތުން އޭނާ ބުނެފައިވަނީ ސްޓޯމީއަކީ އޭނާގެ މިހާރުގެ ލޯބިވެރިޔާ ޓެވިސް ސްކޮޓްގެ ދަރިއެއް ކަމަށެވެ

ޓެގު