English Edition
Dhivehi Edition

ކައިލީ ޖެނާ ވިހަން ބާކީ ދެމަހަށް ވެފައި ވަނިކޮށް އޭނާގެ ލޯބިވެރިޔާއާއި ވަކިވެއްޖެކަމަށް ބޭރުގެ ބައެއް ނޫސްތަކުން ބުނެފިއެވެ. “ކީޕިންގް އަޕް ވިތު ދަ ކާޑޭޝިއަންސް” ގެ އުމުރުން ވިހި އަހަރުގެ ތަރި ކައިލީ، ޓްރެވިސް އާއެކު އަލަތު ދަރިފުޅަށް ބަލިވެއިންކަމަށް އަޑުފެތުރިފައި ވީނަމަވެސް ކައިލީ މީޑިޔާއަށް މިހާތަނަށް އެކަން ކަށަވަރު ކޮށްދީފައި ނުވެއެވެ.

ކައިލީ، ޓްރެވިސް އާއެކު އެންމެ ފަހުން ފެނިފައިވަނީ ކައިލީގެ މަންމަ ކްރިސް ގެ ގޭގައި ޑިސެމްބަރ 25 ވަނަ ދުވަހު ބޭއްވި ޕާޓީއެއް ގައެވެ. ޕާޓީ ބޭއްވިތާ ހަދުވަސް ފަހުން މިދެތަރިން ވަކިވި ޚަބަރު ނޫސްތަކުގެ ފަލަ ސުރުހީތަކަށް ވަނީ އަރާފައެވެ.
އުމުރުން 25 އަހަރުގެ ރެޕަރ ޓްރެވިސް ސްކޮޓް ބުނި ކަމަށް “ރޭޑަރ އޮންލައިން” ގައި ލިޔެފައިވަނީ އޭނާއާއި ކައިލީގެ ގުޅުން މިހާރު ނިމިފައިވާ ކަމަށެވެ. “އަހަރެމެން ދެމީހުންނަކީ އެކީ އުޅުމަށް ގާބިލް ބައެއްނޫން” ޓްރެވިސް ސްކޮޓް ބުިކަމަށް އެ އޮންލައިންގައިވެއެވެ. އެކަމަކު އަބަދުވެސް ކައިލީދެކެ ލޯބިވާނެކަމަށާއި ދަރިފުޅު ދެކެވެސް ލޯބިވާނެކަމަށް އޭނާ ބުނެފައި ވާކަމަށް އެ ނޫހުގައި ރިޕޯޓް ކޮށްފައިވެއެވެ.

އެ ދެތަރިންނާ ގާތްބައެއް މީހުން ބުނެފައިވާ ގޮތުން ކައިލީ ވަނީ އޭނާ ދޫކޮށް ނުދިޔުމަށާއި އަލުން އެނބުރި ގުޅުމަށް ޓްރެވިސް އަށް އާދޭސް ކޮށްފައި ކމަށެވެ. “ކައިލީ ބޭނުން ނުވޭ ޓްރެވިސް އޭނާ ދޫކޮށްލިކަމަށް ގަބޫލުކުރާކަށް” އަދި އަބަދު އެކުގައި އުޅުމަށް ޓްރެވިސް ކައިރިން އެދިފައިވޭ.” ކައިލީ ގެ ގާތް ފަރާތް ތަކުން ބުނެފައިވެއެވެ.

އެ ދެތަރިން ލޯބީގެ ގޮތުން ގުޅިފައިވަނީ މިދިޔަ އޭޕްރީލް ގައިކަމަށް މީޑިއާ ރިޕޯޓް ތައް ބުނެއެވެ. ނަމަވެސް ކައިލީ ވިހާނެ ތާރީޚެއް އަދި ކައިލީ ބަނޑު ބޮޑު ކަމުގެ ސައްހަ މައުލޫމާތެއް އަދި ހެއްކެއްވެސް މިވީތަނަށް ލިބިފައިނުވެއެވެ.

ޓެގު