English Edition
Dhivehi Edition

މިނިވަންކަޕް2017ގައި މިއަދު ކުޅުނު މެޗު ރިސޯޓް ބޯއިސް އިން ކާމިޔާބުކޮށްފިއެވެ. ހުޅުދޫ ފުޓްސެލް ދަނޑުގައި މިއަދު ކުޅުނު މެޗު ރިސޯޓް ބޯއިސް އިން ކާމިޔާބުކުރީ އޭޓީ ސްޕޯޓްސް އާއި ބައްދަލުކޮށް 4 ލަނޑު 2 ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ރިސޯޓް ބޯއިސްއިންނެވެ. އެ ޓީމުގެ ސައިފު ކާމިޔާބުކޮށްދިން ގޯލާއެކު އޭޓީއިންވަނީ މެޗުގެ ކުޅުން ރަގަޅުކޮށްފައެވެ. މި ގޮތުން އެޓީގެ ޝާއްޕެ ޖަހައިދިން ގޯލާއެކު މެޗިގެ ފުރަތަމަ ހާފު ނިމިގެން ދިޔައި ދެ ޓީމުވެސް ހަމަހަމަ ނަތީޖާއެއްގައި އޮވެގެންނެވެ. މެޗުގެ ދެވަނަ ހާފުގައި ރިސޯޓް ބޯއިސް އިން ވަނީ އޭޓީގެ ޑިފެންސްލައިން ފޫއަޅުވާލުމަށްފަހު ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މި ގޮތުން ރިސޯޓް ބޯއިސްގެ ރައިހާން ޖަހައިދިން ގޯލާއެކު އެ ޓީމުން ވަނީ މެޗުގެ ނަތީޖާ ބަދަލުކޮށްލާފައެވެ. ރާއްޖޭގެ ނަން މަޝްހޫރު ފުޓްސެލް ކުޅުންތެރިން ހިމެނޭ އޭޓީއިން ވަނީ އެ ޓީމުގެ ޑިފެންސްލައިން ވަރުގަދަކޮށްފައެވެ. އޭޓިއަށް ކާމިޔާބު ކުރެވުނު ދެވަނަ ލަނޑަކީ އަލީ ނަޒީރު ކާމިޔާބުކޮސްދިން ލަނޑެކެވެ. ދެ ޓީމުންވެސް މެޗުގެ ލީޑު ނެގުމަށްޓަކައި ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު ރިސޯޓް ބޯއިސްގެ ޝިމާހު ވަނީ ލަނޑެއްޖަހާފައެވެ. މެޗުގެ ތިރީސް ނުވަވަނަ މިނިޓުގައި ރައިހާން ޖެހި ގޯލާއެކު ރިސޯޓްބޯއިސް އިން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރިސޯޓް ބޯއިސްގެ ރައިހާންއެވެ. މިއަދު ހަވީރު ކުޅުނު މެޗަކީ ގުރޫޕް އޭ ގެ އެންމެ ފަހުމަޗެވެ. މިއަދުގެ މެޗުން އޭޓީ ބަލިވެފައިވާއިރު މީ މި މުބާރާތުގައި އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ.