މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓްއިން ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފައި ވަނީ، ކ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމައަށެވެ. މިއަދު ހެނދުނުން ފެށިގެން މެންދުރު 12 އާއި ހަމައަށް މެޓުން ނެރުނު އެލާޓްގައި ބުނެފައި ވަނީ މި ސަރަހައްދުތަކަށް އެލާޓް ނެރެފައިވާ ވަގުތުތަކުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށެވެ.
މީގެ އިތުރުން ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާކަމެއްކަމަށް މިރޭ 8:00 އިން މާދަމާގެ 8:00 އާހަމައަށް މެޓް އޮފީހުން ނެރުނު އެލާރޓް ގައި ބުނެފައި ވެއެވެ.