English Edition
Dhivehi Edition

ދިރާގުގެ ހައިސްޕީޑް ފައިބަރ ގެ ޚިދުމަތް އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ

އިއްޔެ އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި ތައާރަފް ކުރި ދިރާގު ޓީވީ އަދި ދިރާގު ހައިސްޕީޑް ފައިބަރ ގެ ޚިދުމަތަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމް ގެ ދަށުން ހިންގި ހަރަކާތެކެވެ

މި ދެ ޚިދުމަތް ތައާރަފްކުރުމުގެ ގޮތުން އައްޑޫ އަދި ފުވައްމުލަކުގައިވެސް ކުލަގަދަ ހަފްލާއެއް ބާއްވާފައިވާއިރު މި ހަފުލާއަށްޒިޔާރަތްކުރި ކަސްޓަމަރުންގެ މެދުގައި ވަނީ ލަކީ ޑްރޯއެއް ބާއްވާ, އަގުހުރި އިނާމްތަކެއް ދީފައެވެ

މި ދެ ސިޓީގައި ޚިދުމަތްތައް ތައާރަފް ކުރުމަށް ފަހު ދިރާގުން ޕްރޮމޯޝަނެއް ފަށާފައިވާ އިރު އެ ޕްރޮމޯޝަނުގެ ދަށުން ފައިބަރ އަދި ދިރާގު ޓީވީ ގެ ހިދުމަތް އެއްވެސް އަގަކާނުލައި ގުޅައި ދިނުމަށްވަނީ ހަމަޖެހިފައެވެ.މީގެ އިތުރުން މި ޕޮރޮމޯޝަންގައި ދިރާގު ޓީވީ ބެލުމަށްބޭނުންވާ ޖޯއިބޮސް ހިލޭ ލިބިގެންދާނެއެވެ

ޓެގު