ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަނެއްކާ ވެސް ދޫނިދޫއަށް ބަދަލުކޮށްފިއެވެ.
އަޙުމަދު އަދީބު މިއަދު ދޫނިދޫއަށް ބަދަލުކޮށްފައިވާ ކަމަށް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެއެވެ.
ދޫނިދޫގައި ބެހެއްޓުމަށްފަހު ފެބްރުއަރީމަހުގެ އެއްވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން އަދީބު ހިމެނޭ ގޮތަށް ބޭފުޅުން ތަކެއް މިނިވަން ކުރުމަށް ނެރުނު އަމުރާއި ގުޅިގެން އެރޭ އަދީބު މާފުށީ ޖަލަށް ބަދަލު ކުރެވުނެވެ. އެއަށްފަހު މިއަދު އަނެއްކާވެސް ދޫނިދޫއަށް ބަދަލު ކޮށްފައިވާ ކަމަށް އެބޭފުޅާގެ އަނބިކަނބަލުން މި ވަނީ ވިދާޅުވެފައެވެ.
އަދީބު ދޫނިދޫއަށް ބަދަލު ކޮށްފައިވަނީ ކުއްލި ޙާލަތެއް މެދުވެރިވެފައިވާ ކަމަށް ބުނެ ކަމުގައި ނަޝްވާ ވަނީ ވިދާޅުވެފައެވެ. ޖަލަށް ގެންދިޔުމަށްފަހު އަދީބުގެ ޙާލަތު ރަނގަޅު ނޫން ކަމަށާއި ބޭސް ފަރުވާ ބޭނުންވާ ކަމަށް އާއިލާއާއި ވަކީލުން ދަނީ ބުނަމުންނެވެ.