English Edition
Dhivehi Edition

އަމިއްލައަށް މަރުވާން ވެގެން މާލޭގެ ސްކޫލެއްގައި ކިޔަވަމުންދާ އަންހެން ކުއްޖަކު މޫދަށް ފުންމާލައިފިއެވެ.

ހަބަރު ލިބޭގޮތުގައި އެ އަންހެން ކުއްޖާ މޫދަށް ފުންމާލާފައި ވަނީ މެންދުރު 12 ޖަހާއެހާކަށްހާއިރު މަސްމާރުކޭޓުގެ މަސް ދޯނިތައް އަޅާފައި އޮންނަ ދިމާލުންނެވެ. އަދި ކުއްޖާ ފުންމާލުމުން އެވަގުތު އެސަރަހައްދުގައި ތިބި މީހުން އެކުއްޖާ ނެގި ކަމަށާއި ނެގި އިރު ކުއްޖާ އޮތީ ހޭނެތިފައި ކަމަށް ބެލެވޭ ކަމަށް ހަބަރު ލިބެއެވެ.

މީސްމީޑިއާ ގައި ދައުރު ވަމުން ދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ކުއްޖާ ހުރީ ސީއެޗްއެސްސީގެ ޔުނިފޯމެއް ލައިގެންނެވެ.

އެނގިފައިވާ ގޮތުގައި މޫދަށް ފުންމާލި ނަމަވެސް އެ ކުއްޖާގެ ހާލު ސީރިއަސްއެއް ނޫނެވެ.